ads
ޗައިނާގެ އުފެއްދުންތައް އިޝްތިހާރު ނުކުރަން ބޮލީވުޑުގެ ތަރިންނަށް އަންގައިފި
އިންޑިއާ އާއި ޗައިނާއާ ދެމެދު، ހިނގަމުންދާ ބޯޑަރުގެ ހަމަނުޖެހުންތަކުގެ މައްސަލަ ހޫނުވެފައިވަނިކޮށް، ޗައިނާގެ އުފެއްދުންތައް ބޮލީވުޑުގެ ތަރިން އިޝްތިހާރު ނުކުރުމަށް އަންގައިފި އެވެ.

އިންޑިއާ ސަރުކާރުން ވަނީ މީގެ ދުވަސްތަކެއް ކުރިން އެގައުމުގައި ޗައިނާއިން އުފައްދާފައިވާ އެޕްތައް ވެސް މަނާކޮށްފަ އެވެ. 

އޭގެ ފަހުން ދަ ފެޑަރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނެ އެމްޕްލޯޔީސް އިން މިވަނީ ޗައިނާގެ އުފެއްދުންތައް އިޝްތިހާރު ނުކުރުމަށް ތަރިންނަށް އަންގާ، ބަޔާނެއް ނެރެފަ އެވެ.

ދެ ގައުމުގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގަމުންމިދާ ދަނޑިވަޅުގައި އަބަދުވެސް ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިއްމުވާނެ ކަމަށާއި އަދި އަބަދުވެސް އިސްކުރާނީ ގައުމުކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން ޗައިނާގެ އުފެއްދުންތަކާއި އެގައުމާއި ގުޅޭ ބްރޭންޑްތައް އިޝްތިހާރު ނުކުރުމަށް ވަނީ އެދެފަ އެވެ. 

އެގޮތަށް އެންގިއިރު ދީޕިކާ ޕަޑުކޯން އާއި ރަންބީރު ކަޕޫރުގެ އިތުރުން، ކެޓްރީނާ ކައިފް އާއި ރަންވީރު ސިންގެ އިތުރުން އާމިރު ހާން އާއި ވިކީ ކައުޝަލް އަދި ސާރާ އަލީ ހާން ފަދަ ތަރިން އަންނަނީ ޗައިނާގެ ފޯނު ބްރޭންޑްތައް އިޝްތިހާރު ކުރަމުންނެވެ.

އެކަމަކު އެ ނިންމުމާއެކު ދެން އެ ތަރިން ޖެހޭނީ އެ އިޝްތިހާރުތައް ދޫކޮށްލާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް