ads
ބްރިޓިޝް އެއާވޭޒްގެ ފްލައިޓެއް-- ފޮޓޯ: ޔާހޫ ނިއުސް
އިނގިރޭސްވިލާތުން ލުއި ދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ނެތް
އިނގިރޭސްވިލާތަށް ދަތުރު ކުރުމަށް ލުއި ދިން ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނުހިމެނޭކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

އިނގިރޭސިން ސަރުކާރުން ލުއިދިނުމަށް ނިންމި ގައުމުތަކުގެ ލިސްޓެއް އާންމުކޮށްފައި ވާއިރު، އެ ގައުމުތަކުން އިނގިރޭސިވިލާތައް ދަތުރުކުރާ މީހުން 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަ ކުރާކަށް ނުޖެހެ އެވެ. އެހެން ނަމަވެސް ލިސްޓުގައި ނުހިމެނޭ ގައުމުތަކުން މީހުން ދަތުރު ކުރާނަމަ އެމީހުން، އިނގިރޭސިވިލާތައް ގޮސް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަންޖެހެ އެވެ. 

ފަންސާސް ނުވަ ސަރަހައްދަކުން އެގައުމަށް ދަތުރުކުރާ މީހުންނަށް އިނގިރޭސިވިލާތުން ލުއިދީފައި ވާއިރު، އިނގިރޭސވިލާތުގެ ވެރިކަމުގެ ދަށުގައި އޮންނަ އިތުރު 14 ސަރަހައްދަކުން އެ ގައުމަށް ދަތުރުކުރާ މީހުންނަށް ވެސް ލުއިދީފަ އެވެ. 

އިނގިރޭސިވިލާތުން ލުއި ދިން ގައުމުތަކުގެ ތެރޭގައި ގްރީސް، ސްޕެއިން، ފްރާންސް އަދި ބެލްޖިއަމް ހިމެނޭ އިރު، އެމެރިކާ، ޗައިނާ، އަދި ޕޯޗުގަލް އެ ލިސްޓުގައި ނުހިމެނެ އެވެ. އެ ލިސްޓުގައި ރާއްޖެ ނުހިމެނުނު ނަމަވެސް އޭޝިއާ އިން ޖަޕާން އާއި ހޮންކޮންގް ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ފަތުރުވެރިކަމަށް މަޝްހޫރު ޖަޒީރާ ގައުމުތައް ކަމަށްވާ ސީޝެލްސް އާއި މޮރިޝަސް ފަދަ ގައުމުތައް ވެސް ލިސްޓުގައި ހިމެނެ އެވެ. 

އިނގިރޭސިވިލާތުން ޖުލައި 10 ވަނަ ދުވަހުން ފެށިގެން އެ ލިސްޓުގައި ހިމެނޭ ގައުމުތަކަށް ލުއި ލިބޭ އިރު، އެ ލިސްޓުގައި ހިމެނޭ ގައުމުތަކުން މީހުން އިނގިރޭސިވިލާތައް ދަތުރުކުރާ އިރު، ލިސްޓުގައި ނުހިމެނޭ ގައުމަކަށް ގޮސްފައި އެ ގައުމަށް ދާނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަންޖެހޭނެ އެވެ. 

އިނގިރޭސިވިލާތުން ލުއި ދިން ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނުހިމެނު ނަމަވެސް ޖަރުމަނުވިލާތުގެ ސަރުކާރުން ތައްޔާރު ކުރި ކޮވިޑް-19 ގެ ނުރައްކާ ބޮޑު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނުހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް