ads
އީސީގެ މެމްބަރުން
މިހާތަނަށް ނަން އަނބުރާ ގެންދިޔައީ ތިން ކެނޑިޑޭޓެއް: އީސީ
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލީ ކެންޑީޑޭޓުންގެ ތެރެއިން މިހާތަނަށް ނަން އަނބުރާ ގެންދިޔައީ ތިން ކެންޑިޑޭޓުންކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ބުނެފި އެވެ.

އީސީން ބުނިގޮތުގައި މިހާތަނަށް ނަން އަނބުރާ ގެނދިޔަ މީހުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީން ރަށު ކައުންސިލަށް ވާދަ ކުރާ ދެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓެކެވެ.

ނަން އަނބުރާ ގެނެސްފައިވަނީ އެމްޑީޕީ ޓިކެޓުގައި ހއ. މުރައިދޫ ކައުންސިލަށް ކުރިމަތިލީ އެރަށު ހިޔަލީގެ މިއުނާ ހަސަން އާއި އެމްޑީޕީ ޓިކެޓުގައި އުލިގަމު ކައުންސިލަށް ކުރިމަތިލި  އެރަށު ނޫކޮކާގެ ނިއުމާ އަބޫބަކުރު އާއި ވަންދޫ ކައުންސިލަށް އަމިއްލަގޮތުން ވާދަ ކުރި އެރަށު ދަނބުގެ އާމިނަތު ޝިފާނާ އެވެ. 

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ލޯކަލް ކައުންސިލް އިންތިހާބު ވަނީ ފަސްކުރެވިފައެވެ. އަދި މި އިންތިހާބު ބޭއްވިފައިވަނީ އޭޕްރިލް މަހުގެ 18 ވަނަ ދުވަހެވެ. މި އިންތިހާބުގައި ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަން ނެގުމުގެ ފުރުސަތު ހުޅުވާލެވުނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް