ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހައްޔަރުކުރި ބިދޭސީން-- ފޮޓޯ: ޕީއެސްއެމް ނިއުސް
މުސާރަދޭން އާދޭސްކުރުމުން ބިރު ދައްކާ މަރުގެ އިންޒާރުދިން: ބިދޭސީން
ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ރިޒް ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުލިބޭތީ ޝަކުވާކުރުމުން ބިރު ދައްކާއި މަރުގެ އިންޒާރުދިން ކަމަށް އެ ބިދޭސީން ބުނެފި އެވެ.
Advertisement

އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ބިދޭސީން ވަނީ އެކަން ހިނގި ގޮތް ކޯޓުގައި ކިޔައިދީފައި ކަމަށް "ޕީއެސްއެމް" ގައި ރިޕޯޓު ކުރެ އެވެ. މާލެއިން އެ ހަމަނުޖެހުން ކޮންޓްރޯލްކުރަން ދިޔަ ފުލުހުންނާއެކު ގެންދިޔަ ދެ މީޑިއާގެ ތެރޭގައި ޕީއެސްއެމް ވެސް ހިމެނޭއިރު އެތަނުން ރިޕޯޓްކުރާ ގޮތުގައި ހައްޔަރުކުރި 19 މީހުން ވަނީ އެމީހުންގެ ހާލަތު ކޯޓުގައި ކިޔައިދީފަ އެވެ.

އެގޮތުން، އެތަނުން އެކަކު ވަނީ ތަކެއްޗަށް ގެއްލުން ދިނީ، މުސާރަ ނުލިބޭތާ ހަ މަސް ދުވަސްވެފައިވާތީ ބޯގޮވައިގެން ކަމަށް ބުނެފަ އެވެ. އެމީހާ ވަނީ އޭނާގެ އާއިލާ މީހުން ވެސް ގައުމުގައި އުޅެމުން އަންނަނީ ވަރަށް ހާލުގައި ކަމަށާއި އެމީހުން ގައުމަށް ފައިސާ ނުފޮނުވާތީ އެމީހުން ވެސް ގުޅާ ކަމަށް ބުނެފަ އެވެ. 

އޭގެ އިތުރުން އެމީހުން ކޯޓުގައި ވަނީ މުސާރަ ނުލިބޭތާ ހަ މަސް ދުވަސްވާތީ އެކަމުގެ ޝަކުވާކުރުމުން، މުސާރަ ނުދޭނެ ކަމަށް ބުނެ އެރަށަށް ބަޔަކު ފޮނުވާއި، އެ މީހުންނަށް ބިރު ދައްކާފައި އެވެ. އަދި މުސާރަ ނުދީ އެމީހުން ފޮނުވާލާނީ މާލެއަށް ކަމަށް ވެސް ބުނެފައިވާ ކަމަށް ރިޕޯޓު ކުރެ އެވެ.

އެ ތުހުމަތުތަކާއި ގުޅިގެން ބަހެއް ހޯދުމަށް ސީއެންއެމްއިން ރިޒް ކުންފުނީގެ ވެރިޔާ، އަދި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއަށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ހައްޔަރުކުރި 19 ބިދޭސީންގެ މައްޗަށް ފުލުހުން ވަނީ ޓެރަރިޒަމާއި މަރާމާރީ ހިންގުމުގައި ވައްކަމުގެ ތުހުމަތުކޮށްފަ އެވެ.  

ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައިރު އެ ހަމަނުޖެހުންތަކުގައި ފުލުހުންނާއި އާންމުންގެ ބަޔަކަށް ވެސް އަނިޔާވި އެވެ. އެތަނުގައި އެ ބިދޭސީންތައްވެގެން ރަހީނުކުރި، ދިވެހިން ސަލާމަތްކުރެވުނީ ހުކުރު ދުވަހުގެ ހެނދުނެވެ. 

މީގެ ކުރިން ރިޒާ ސީއެންއެމްއަށް ވިދާޅުވެފައި ވަނީ މުވައްޒަފުންނަށް މުސާރަ ނުދެވުނީ ޑިވެލޮޕަރު، ސީލް މޯލްޑިވްސް އިން ކުންފުންޏަށް މުސާރަ ނުދޭތީ ކަމަށެވެ. އެކަމަކު ސީލް މޯލްޑިވްސް އިން ވަނީ އެތުހުމަތުތައް ދޮގުކޮށް ބަޔާން ނެރެފަ އެވެ. އަދި ބުނީ ކަނޑައެޅިފައިވާ ވަކި މަސައްކަތްތަކެއް ކުރުމުން ރިޒް ކުންފުންޏަށް ދައްކަން ޖެހެނީ 12.3 މިލިއަން ރުފިޔާ ނަމަވެސް 21.8 މިލިއަން ރުފިޔާ މިހާތަނަށް އެކުންފުންޏަށް ދައްކާފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް