ބޯންމައުތު ކޮޅަށް ފަސް ލަނޑު ޖެހީ ޔުނައިޓެޑްގެ ގްރީންވުޑް، ރަޝްފޯޑް، މާޝިއަލް އަދި ބްރޫނޯ ފެނާންޑޭސްއެވެ. މީގެ ތެރެއިން ޒުވާން ކުޅުންތެރިޔާ ގްރީންވުޑްވަނީ ދެ ލަނޑު ޖަހާފައެވެ. މެންޗެސްޓަރ ޔުނައިޓެޑަށް ދެން އޮތް މެޗަކީ ބުރާސްފަތި ދުވަހު އެސްޓަންވިލާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެން ޖެހޭ މެޗެވެ.
ހޮނިހިރު ދުވަހުގެ ރޭ ބޯންމައުތުކޮޅަށް ފަސް ލަނޑު ޖަހައިގެން ހޯދި ތިން ޕޮއިންޓާ އެކު ޔުނައިޓޭޑް މިހާރު ތެއްތިރީސް މެޗުން ފަންސާސް ފަސް ޕޮއިންޓް ލިބިއްޖެއެވެ.