ads
ކުޑަކުއްޖާ ރޭޕުކުރި މީހާ--
ރޭޕްކުރި މީހެއްގެ ވަނަވަރު އާންމުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އުމުރުން 13 އަހަރުގެ ކުއްޖަކު ބްލެކްމެއިލްކޮށް، އެކުއްޖާ ރޭޕްކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު އާންމުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މިއަދު ހައްޔަރުކޮށްފައިވާ ތ. ގުރައިދޫ/މިޔަވާލި، އުމުރުން 33 އަހަރުގެ ހުސައިން ޒާހިނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ. 

އެ މައްސަލައާ ގުޅިގެން، އެމީހާ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކަށް ވުމާއެކު، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ. 

އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކޮށް ފުލުހުން ވަނީ މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. 

އޭގެ އިތުރުން ވެސް ފުލުހުން ވަނީ އެފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ ޖެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ގުޅައިގެން މައްސަަލަ ހުށަހެޅުމަށް ވެސް އެދިފަ އެވެ. 

މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި ރޭޕްގެ މައްސަލަތައް އިތުރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް