ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ސުޒޭން
ކޮރަޕްޝަން ނެތި ބޭއްވުނު އިންތިހާބެއް ނެތް: ސުޒޭން
އިންތިހާބުތައް ބާއްވަން ފެށިފަހުން 2008 ފެށިގެން ކޮރަޕްޝަން ނެތި އެންމެ އިންތިހާބެއްވެސް ބާއްވާފަ ނެތް ކަމަށް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
Advertisement

ސުޒޭން މިހެން ބުނީ "ސޭވް އެފްއޭއެމް" ކިޔާ ގްރޫޕް އަކަށް ފޮނުވި މެސެޖެއްގައި އެވެ. 

ސުޒޭން ބުނީ އިންތިހާބުތައް ނިންމާފަ ހުރީ، ފައިސާއާ މަގާމުގެ ދަޅަ ދައްކައިގެން ނުފޫޒް ބޭނުންކޮށްގެން ކަމަށާއި މީ އެއްމެން ކުރިމަތީގައި ހިގާފަ ހުރި ކަންކަން ކަމަށެވެ.

"އިންތިހާބު ބާއްވަން ފެށިފަހުން 2008 ފެށިގެން ކޮރަޕްޝަން ނެތި އެންމެ އިންތިހާބެއްވެސް ބާއްވާފައެއް ނުވޭ" ސުޒޭން ބުންޏެވެ.

ދިވެހި ފުޓްބޯޅަ އަށް އަގުހުރި ހިދަމަތްތަކެއް ކޮށްދެއްވަމުން އަންނަ ސުޒޭން މިހެން ބުނިއިރު މި މަހު 26 ގައި ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި އެ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލައިފަ އެވެ. 

އެފްއޭއެމްގެ އިންތިހާބު ބޯމަތީ އޮތްއިރު، ކްލަބްތަކަށް ސަބްސިޑީގެ ގޮތުގައި ދިން ފައިސާ އަށް ބައެއް ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭތީ މައްސަލެއް ފުލުހުން އަންނަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

ފުޓްބޯޅަ އާއިލާގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިއީ ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ހަރަކާތެކެވެ.

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ މައި އިދާރާ އެފްއޭއެމް ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުގައި މި ވަގުތު އޮތްއިރު މިމަހު އޮންނަ އިންތިހާބުގައި އެފްއޭއެމްގެ އާ އަސާސީ ގަވާއިދުން އެ އެސޯސިއޭޝަނުގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ވަނީ ބަންދުވެފަ އެވެ. 

މިދިޔަ ޖޫން މަހު، ފީފާ އިން ވަނީ، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި، ބައްސާމް ނުވަ މަސް ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފަ އެވެ. ނަމަވެސް އެ ސަސްޕެންޝަނުގެ މުއްދަތު މިދިޔަ މާޗް މަހު ވަނީ ހަމަވެފަ އެވެ. މީގެ އިތުރުން، ބައްސާމްގެ މައްޗަށް ރާއްޖޭ ކޯޓުތަކުުގައި ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. އޭގެ ތެރޭގައި، ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތައް ވެސް ހިމެނެ އެވެ.

މި ވަގުތަށް ބަލާއިރު، އެފްއޭއެމް ރައީސަކަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، މީގެ ކުރިން، 2016 ވަނަ އަހަރު އެފްއޭއެމް ރައީސްކަން ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަހުމަދު ތޯރިގު (ޓޮމް) އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް