ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ހުރަވީ ހުރަވީ ސްކޫލުގެ މެނޭޖްމަންޓުގެ އިސްވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެއީ ސްކޫލުގެ ކޮން މަގާމެއްގައި ހުރި ބޭފުޅެއްކަން ހިއްސާނުކުރެއްވި ނަމަވެސް ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި އެ މުވައްޒަފު ވަނީ މިދިޔަ ދެ ދުވަހު، ސްކޫލަށް ވެސް ހާޒިރުވެފަ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެ މުވައްޒަފު ސްކޫލަށް ހާޒިރުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ. އެގޮތުން މާސްކް ވެސް އަޅައިގެން އަދި ސޯޝަލް ޑިސްޓެންސިންއަށް ވެސް ހާއްސަ ސަމާލުކަމެއްދީފައިވާތީ އެ މުވައްޒަފާއި ކޮންޓެކްޓްވީ އެންމެ ތިން މުވައްޒަފުންކަން ވެސް ފާހަގަކުރެ އެވެ.