ads
ފޮޓޯ: އެމްޑީޕީ
ހައްގު މިންވަރު ނުލިބޭތީ، ކޯލިޝަން ނިމުމަކަށް ގެންނަނީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންފައިވަނީ ބޮޑު ކޯލިޝަނަކާއި އެކު އެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމް ހިމެނޭ ކޯލިޝަނެކެވެ. ކޯލިޝަން ހެދީ އޭރުއޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ދެކޮޅަށެވެ. އެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންފައިވަނީ ބޮޑު ކޯލިޝަނަކާއި އެކު އެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމް ހިމެނޭ ކޯލިޝަނެކެވެ. ކޯލިޝަން ހެދީ އޭރުއޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ދެކޮޅަށެވެ. އެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ.

ކޯލިޝަން ސަރުކާރެއްގައި އަމަލުކުރާ ގޮތަށް ވަޒީރުންގެ މަޖިލީހުގެ ގޮނޑިތައް ޕާޓީތަކަށް ބަހާލިއިރު، މަޖިލިސް އިންތިހާބުގައި ކޯލިޝަން ޕާޓީތަކުން އިންތިހާބުގައި ވާދަކުރީ ވަކިވަކިންނެވެ. އެ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރީ އެމްޑީޕީ އިންނެވެ.

ސަރުކާރަށް އަހަރެއްވެ، ދެވަނަ އަހަރު ގުނަމުންދާއިރު، ކުރިމަތީގައި އޮތީ ބޮޑު އިންތިހާބެކެވެ. ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ދެނެގަތުމަށް މުހިންމު އިންތިހާބެކެވެ. އެހެން ނަމަވެސް މި އިންތިހާބުގައި ވެސް ކޯލިޝަން ޕާޓީތަކުން ވާދަކުރަނީ ވަކި ވަކިންނެވެ.

މިވީހާތަނަށް އައި އިރު ސަރުކާރުގެ އަދި މަޖިލީހުގެ މަސައްކަތްތަކާއި މެދު ރައްޔިތުން އެންމެ ހިތްހަމަޖެހެއެކޭ ދެންނެވޭކަށް ނެތެވެ. ރައްޔިތުންނާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ވައުދުވެ އެކަންކަން ނުކުރެވޭ ވާހަކަ ރައްޔިތުން އަންނަނީ ދައްކަމުންނެވެ. ބޯހިޔާވަހިކަން ހެޔޮ އަގުގައި ފޯރުކޮށްދިނުމާއި، ކުލީގެ މައްސަލަ އާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުންފަދަ މައްސަލަތަކެވެ. ނުވެ ހުރި ކަންކަމުގެ ވާހަކަ ރައްޔިތުން ފާހަގަކުރަނީ ކޯލިޝަން ސަރުކާރުގެ ޖަޒީރާ މެނިފެސްޓޯ އާއި އެޖެންޑާ 19 ގެ ވައުދުތައް ބިލާހަކަށް ވެދާނެތީ އެވެ.

ކަންކަން ނުވުމުގެ ޒިންމާ ރައީސް ނަޝީދު އަޅުވަނީ ކޯލިޝަންގެ ބޮލުގައެވެ. ކޯލިޝަން އޮތުމުން ރައްޔިތުންނަށް ހައްގު މިންވަރު ނުލިބޭ ވާހަކަ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ކޯލިޝަންގެ ބައެއް ވަޒީރުންގެ މަސައްކަތްތަކާއި މެދު ހިތްހަމަޖެހިވަޑައިނުގެން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެކެވެ. މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސްގެ މި ވާހަކަފުޅުތަކަކީ، ކޯލިޝަނަށް ބެލުމެއްނެތި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރައްވާނެ ކަމަށް ދެއްވި މެސެޖެކެވެ. އެކަމުގައި ވަޒީރުން ވަކިކުރަންޖެހުނަސް އެކަންވެސް ކުރައްވާނެ ކަން އަންގަވާ ދެންމެވި ރޮނގެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް