ads
ސާމްޕަލް ނެގުމުގައި ހަރަކާތްތެރި ވަނީ--- ފޮޓޯ: ސީއެންއެމް
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެ
ރާއްޖެއިން އިތުރު 33 މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު 33 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުން ކަމަށެވެ. 

އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެއްސަކާއި 18 ބަންގްލަދޭޝް މީހެއްގެ އިތުރުން 3 އިންޑިއާ މީހެކެވެ. 

މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 2468 އަށް އަރާފަ އެވެ. 

އޭގެ އިތުރުން މިއަދު އިތުރު 19 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައިވާއިރު އެއާއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 2049 އަށް އަރާފަ އެވެ.

ރާއްޖެއިން ވަނީ މިހާތަނަށް 11 މީހަކު މި ބަލީގައި މަރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް