ads
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އަދުރޭ ވާހަކަ ދައްކަނީ
ސަލާމަތީ ރައްކާތެރިކަން ނެތަސް މާދަމާއިން ފެށިގެން އިދިކޮޅުން ޖަލްސާތަކުގައި ބައިވެރިވަނީ
އިދިކޮޅު ކޯލިޝަނުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުނުވި ނަމަވެސް މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފި އެވެ.

އިދިކޮޅުން މަޖިލިސް ޖަލްސާތައް ބޮއިކޮޓްކުރީ ޖޫން މަހުގެ ދެވަނަ ދުވަހުގެ ދަންވަރު ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ލީޑަރު، އަހުމަދު ޝިޔާމަށް އަނިޔާކޮށް މާރާމާރީ ހިންގި ކަމަށް ބުނެ އެވެ. 

އިދިކޮޅުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ ކޯލިޝަންގެ މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެކަމުގެ އެއްވެސް ޔަގީން ކަމެއް ނެތުމާއެކު މިހާތަނަށް އެކޯލިޝަނުން ވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކޮށްފައި ކަމަށެވެ. އަދި މަޖިލީހުގެ ކޯލިޝަންގެ މެމްބަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެކި ފަހަރުމަތިން އެދިފައިވީނަމަވެސް އެކަމަށް ދެއްވީ ބީރު ކަންފަތެއް ކަމަށް ވަނީ ބުނެފަ އެވެ. 

އެ ބަޔާނުގައި އިތުރަށް ބުނީ ރައްޔިތުންގެ މަޖިލިސް ވަރަށް ހުދުމުހުތާރުކޮށް، މަޖިލިސްގެ ރައީސް ބޭނުންވާ ގޮތަކަށް ހިންގަމުން ގެންދިއުމާއި، އަދި ރައްޔިތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް މަޖިލީހަށް ހުށައެޅިފައިވުމާއި، ރައްޔިތުންގެ ހައްގުގައި އަޑު އުފުލަންޖެހޭ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާތީ، އެކޯލިޝަންގެ މެމްބަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ ޔަގީންކަން ނެތްނަމަވެސް، މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް ޕޮއިންޓް ޕާލިމެންޓަރީ ގްރޫޕާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕުން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ބަޔާނުގައި ބުނީ ޝިޔާމަށް މަޖިލީހުގެ ތަޅުމުގައި އަނިޔާ ކުރި މައްސަލަ އިންޓަ ޕާލިމެންޓްރީ ޔޫނިއަންގެ ކޮމިޓީ އޮން ދަ ހިއުމަން ރައިޓްސް އޮފް ޕާލިމެންޓޭރިއަންސް އިން މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި ޝިޔާމްއަށް ކޮށްފައިވާ އަނިޔާތަކާ ގުޅޭ ތަހްގީގް މިހާރު ކުރިއަށްދާކަމަށް ފުލުހުން މައުލޫމާތު ދީފައިވާތީ އިންސާފުވެރިކަމާ ހަމަހަމަ ކަމާއެކު އެ ތަހުގީގް އަވަހަށް ނިންމާ އަނިޔާވެރި އަމަލު ހިންގި މެމްބަރުންނަށް ފިޔަވަޅު އެޅުމަށް ވެސް އިދިކޮޅުން ގޮވާލަ އެވެ. 

އަދި ބަޔާނުގައި އިތުރަށް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ފުލުހުންގެ ބިލާއި، ރޭޕްގެ މައްސަލަތަކާއި ގުޅިގެން ކުރިމަތިވެފައިވާ ކަންބޮޑުވުންތަކާއި، ކޮވިޑް-19 އާ ގުޅިގެން ރައްޔިތުން އިތުރަށް ބިކަވެ ނިކަމެތިވަމުންދާ ދިއުމާއި، މިސަރުކާރުން ކޮވިޑާ ގުޅިގެން ކުރަމުންދާ ވައްކަންތަކާއި، އެނޫނަސް ރައްޔިތުންނަށް ދަތިވެފައިވާ އެތައް މައްސަލަތަކާއި ގުޅިގެން ކޯލިޝަނުން އަޑުއުފުލާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް