ads
މެމްބަރު އަހުމަދު ހަލީމް--
ފްލެޓް ދޮންބެ ކިޔަނީ ފްލެޓް އަޅާ، މީހުން އެތަންތަނަށް ވެއްދީމަ: ހަލީމް
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފްލެޓް ދޮންބެ ކިޔަނީ ފްލެޓް އަޅާ، އެތަންތަނުގައި މީހުން ދިރިއުޅޭތީ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކަށް އެތަންތަން ވީއެންމެ އަވަހަކަށް ހަވާލުކުރުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ގާކޮށީގައާއި އަރަބިއްޔާ ހުރި ބިމުގައި އަޅާފައިވާ ފްލެޓްތައް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވި އިރުވެސް ނިމިފައި ހުންނަތާ އަހަރުދުވަސް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ފްލެޓްތަކަށް ވެސް މީހުން ވެއްދުމަށް ތިން އަހަރު ނެގިކަމަށް ހަލީމް ވިދާޅުވި އެވެ. އަދި އެ ތިން އަހަރުގެ ތެރޭގައި ކުރެވުނު ކަމަކީ އެތަނުގައި ފިޔާތޮށި ކުލަލުން ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ރައީސް ނަޝީދަށް ފްލެޓް ދޮންބެ ކިޔަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 7000 އެއްހާ ފްލެޓް އަޅާ އެތަންތަނުގައި މީހުން ދިއިރުއުޅޭތީ ކަމަށެވެ. 

އެހެން ނަމަވެސް ކުރީގެ ރައީސް ޔާމީނަށް ފްލެޓް އެޅުމަށްފަހު އެތަންތަނަށް އެއްވެސް މީހަކު ވެއްދިފައި ނުވާކަމަށް ހަލީމް ވިދާޅުވި އެވެ. 

ނިމިދިޔަ ސަރުކާރުން އަޅާފައި ހުރި 7000 ފްލެޓަށް 23،000 މީހުނަށް ލިޔުން ދޫކޮށްފައިވާކަން ފާހަގަކޮށް ހަލީމް ވިދާޅުވީ އެ 23،000 ފަރާތަށް ފްލެޓް ދެވެން ނެތްކަމަށާއި، އެތަންތަނަށް ވެއްދެން އޮތީ 7000 އާއިލާ ކަމަށެވެ. އަދި ސަރުކާރުން އެ މަސައްކަތް ބާރަށް ކުރިއަށް ގެންދާނޭ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް