ads
މެންބަރު ޔައުގޫބު އަދި ޝުޖާއު އުސްމާން
ޝުޖާއު އުސްމާނާ މެދު ފިޔަވަޅު އަޅަން ޖެހޭ: ޔައުގޫބު
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާ މެދު މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން  ޔައުގޫބު ވިދާޅުވީ މަޖިލީހަށް މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާ ކުރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބުގެ ތަހުގީގު ރިޕޯޓުން އެނގުނު ގޮތުގައި ނަޖީބުއާއި އެކު ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވި ފަނޑިޔާރުންނަކީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ކަމަށެވެ.

 ޢަބްދުﷲ ދީދީ މިހާރުވަނީ މަގާމުން ވަކިކޮށްފައެވެ. ޔައުގޫބު ވިދާޅުވީ، ނަޖީބުއާ އެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި ޝުޖާޢު އުސްމާނުވެސް މަގާމުން ވަކިކުރަން ޖެހޭ ކަމަށެވެ.

މި ފަނޑިޔާރުގެ މި މައްސަލައަކީ، މި ސިޔާސީ ކަންކަމުގައި އުޅޭ ވާހަކަ ދެކެވޭއިރު އެ މައްސަލައަކީ، އަޅުގަނޑަކީ އެ ފަނޑިޔާރާ އެއްކޮށް ސިޔާސީ ކަމެއްގައި، ކެމްޕެއިން ދަތުރެއްގައި އެއް ފްލައިޓަކުން ދަތުރުކުރި މީހެއް. އަޅުގަނޑަށް އެ މީހުންނާ، އެ ޓީމާ ، އެއީ ރައީސް ޔާމީންގެ ޓީމާއި އަޅުގަނޑާ ދިމާވި. ބައްދަލުވެ، ވާހަކަ ދެކެވުނު ޔަޢުޤޫބޭ، ޔަޢުޤޫބު ތިކަމުގައި އުޅުނަސް ކާމިޔާބެއް ނުވާނޭ. އިންތިޚާބު ކާމިޔާބެއް ނުވާނޭ. ތިމަންނަމެންނޭ ކާމިޔާބު ކުރާނީ. ތިއީ ބޭކާރު ކަމެކޭ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާ، ނަޖީބުގެ ތަހުގީގު ރިޕޯޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މެންބަރު ޔައުގޫބު ވަނީ ހުވަދު އަތޮޅަށް ނިސްބަތްވާ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލައާއި ގުޅިގެން އަތޮޅަށް ލިބިފައިވާ ހުތުރު ނަމަށް މާފަށް އެދިވަޑައިގެންފައެވެ.

 ޔައުގޫބު ވިދާޅުވީ، މި ޤައުމު ޚަރާބުގެ މަގަށް ގެންދިއުމުގައި ހުވަދޫގެ ގިނަ ރައްޔިތުންނާ ދެކޮޅަށް ޖުޑީޝަލް ދާއިރާގައި ހިމެނޭ މަދު ބަޔަކު ބައިވެރިވެފައިވާ ކަމަށެވެ.

ޝުޖާއު އުސްމާނު މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ޔައުގޫބު ވިދާޅުވެފައިވާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަންނަނީ ޝުޖާޢު އުސްމާނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރޭގައި ޔައުގޫބު ވިދާޅުވި ފަދައިން ސިޔާސީ ހަރަކާތްތަކުގައި ޝުޖާއު ބައިވެރިވެފައިވާ މައްސަލަވެސް ހިމެނެއެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް