ads
މަސްވެރިކަމުގެ ސިނާއަތް ކުރި އެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ: އެމްއާރްއެމް
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.

ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެމްއާރްއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ބައިވެރިވުން އިތުރުވެފައި ވުމަކީ، އެދާއިރާއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރި އެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ފާހަގަކޮށް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވަނީ، މަސްވެރިން ބާނާ މަހަށް އެކަށީގެން ވާ ރަނގަޅު އަގެން ލިބެންޖެހޭ ކަމަށެވެ. އަދި އެމަސް ކިރޭނެ އެކަށީގެންވާ އިންތިޒާމު ތަކެއް ނެތުމުގެ ޝަކުވާ އަކީ، މިއަދު މަސްވެރިން އެންމެ ގިނައިން ކުރަމުން ގެންދާ އެއް ޝަކުވާކަމަށް އެމްއާރްއެމްގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތައް ވެސް އެމްއާރްއެމްގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން މަސްވެރިކަމުގެ ޤާނޫނެއް ވުޖޫދަށް ގެނައުމާއި، މަސްވެރިންގެ މައުލޫމާތު އެނގޭނޭ ދަފްތަރެއް އެކުލަވާލުމަށް ލާޒިމުކުރުމުގެ އިތުރުން މަސްވެރިންނަށް އިޖްތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރު ކޮށްދިނުމަށް ޤާނޫނުގައި ބަޔާންކޮށްފައި އޮތް އޮތުން ފާހަގަ ކޮށްފައިވެ އެވެ.

"މަސްވެރީންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ޖޮއިންޓް މެނިފެސްޓޯގައި މަސްވެރީންނަށްޓަކައި ކުރުމަށް ނިންމާފައިވާ ކަންތައްތައް ވުމަކީ، މިސިނާއަތަށް ދިވެހި ރައްޔިތުން ދެކެމުން އައި ހުވަފެންތައް ހަޤީޤަތަކަށް ވުމުގެ ހެޔޮފާލެވެ." އެމްއާރްއެމްގެ ބަޔާނުގައިވެ އެވެ.

އަދި މަސްވެރީންނަށް ކޮށްދޭން ވައުދު ވެފައިވާ ކަންތައްތައް ކޮށްދިނުމަށް ރައީސް ސޯލިހްގެ ސަރުކާރު ފަހަތަށް ނުޖެހޭނެ ކަން ޔަޤީންކުރާކަމަށް އެމްއާރްއެމްގެ ބަޔާނުގައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް