ads
ފޮޓޯ: ސޯޝަލް މީޑިއާ
ތިނަދޫއަށް އުދައަރާ މައްސަލައިގައި ކުއްލި މައްސަލައެއް
ގދ. ތިނަދޫއަށް އުދައަރާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ 37 މެމްބަރުންގެ ވޯޓުންނެވެ. 

ސަނީފްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ތިނަދޫއަށް އުދައެރުމުގެ ސަބަބުން މުދަލަށާއި، އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށާއި އަދި މިއީ ކޮންމެ އަހަރަކު ހިނގަމުން އަންނަ މައްސަލައެއް ކަމަށެވެ.

އުދައެރުމުގެ ސަބަބުން އޮޑިދޯނި ފަހަރަށް ގެއްލުންލިބި، މަހަށް ނުފުރި އޮޑި މަރަމާތު ކުރުމަށް ފައިސާ އާއި ވަގުތު ހޭދަކުރަން ޖެހުންމުންވެސް އުނދަގޫތަކާ ކުރިމަތިވާކަން ސަނީފްގެ ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި މިކަމަށް ހައްލެއް ނުލެބި އޮތުމުން ގިނަ ފަރާތްތަކަކަށް މިކަމުގެ ތުރާލާއި ތަކުލީފު ކުރިމަތެވާކަން ވެސް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.  

ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ ކަމާބެހޭ އިދާރާތަކުން ރާއްޖޭގައި އެންމެ ގިނައިން އުދައަރާ ރަށްތަކަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށެވެ. އުދައެރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ވެސް އެ ރަށްތައް ދެނެގަތުން މުހިންމު ކަމަށް ސަނީފް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް