ads
އެންމެ ބޮޑު ކަނޑޫފާ މަރުވާ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފި
ހދ. ނޭކުރެންދޫ ކަނޑޫފާ ހަލާކުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފި އެވެ.

ތިނަދޫ އަށް އުދައަރާ މައްސަލައިގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ވާހަކަ ދައްކަވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ނޭކުރެންދޫ ކަނޑޫފާ ހަލާކުވާ މައްސަލަ ފާހަގަކުރައްވާފައެވެ. 

އެގޮތުން ކަނޑޫފާ ހަލާކުވަމުންދާ ފޮޓޯއާއި ކަނޑޫ މިހާރު ހުރިގޮތްވެސް ރާއީ ވަނީ މަޖިލީހުގައި ދައްކާލާފައެވެ.  

your image

ރާއީ ވިދާޅުވީ ކަނޑޫފާ ހަލާކުވަމުންދާކަމަށާއި، 10،000 ގަސް ހަލާކުވެފައިވާކަމަށެވެ. ރާއީ ވިދާޅުވީ އެ މައްސަލަ ބެލުމަށްފަހު އެކަން ސުރުހީއަކަށް ވާން ނޭދޭ ކަމަށާއި، މި މައްސަލަ ބަލާ އެކަމަށް ހައްލެއް ބޭނުންވާކަމަށެވެ. 

your image

ކަނޑޫތައް ބައްލަވާލައްވާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ނޭކުރެންދޫ ކަނޑޫފަލަކީ އިންޑިއާ ކަނޑުގެ ތެރޭގައި އޮތް އެންމެ ބޮޑު އެއް ކުޅި ކަމަށެވެ. އެ ކަނޑޫފާ މަރުވާން ފަށާފައިވާކަމަށާއި، އެކަން ފާހަގަވާ މިންވަރަށް ވަމުންދާކަމަށެވެ. 

ނޭކުރެންދޫ ކަނޑޫފާ މަރުވާ މައްސަލައިގައި އެރަށު ކައުންސިލުގެ ރައީސް އަލީ އާދަމް، ސީއެންއެމްއަށް ވިދާޅުވެފައިވަނީ މިހާރު ދިހަ ހާހަށް ވުރެ ގިނަ ގަސް މަރުވެފައިވާކަމަށެވެ. އަދި އެކަން އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް