މިކަމާއި ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ޅ. އަތޮޅު ހޮސްޕިޓަލުގައި ހުރީ އަދި އިންސްޓޯލް ނުކުރާ ޕީސީއާރު މެޝިނެއް ކަމަށެވެ. އެހެން ނަމަވެސް ބ. އަތޮޅު ހޮސްޕިޓަލަކީ ކޮވިޑް ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރާ ހޮސްޕިޓަލެއް ކަމަށާއި ޅ. އަތޮޅު ހޮސްޕިޓަލަށް ފަހުން ޖީންއެކްސްޕާޓް މެޝިނެއް ފޯރު ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
ޕީސީއާރު އަދި ޓީބީ އަށް ޓެސްޓް ކުރެވޭ މި މެޝިން ބ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރުމަށް ހެލްތު މިނިސްޓްރީން ވަނީ ޅ. އަތޮޅު ހޮސްޕިޓަލަށް ލިޔުމުން އަންގާފައެވެ.