ads
ހިޔާ މަޝްރޫގެ ޓަވަރުތައް--
ހިޔާ ފްލެޓާ ގުޅިގެން ހާލަތު ދެނެގަތުމަށް ނުގުޅިހުރި ފަރާތްތަކުގެ ނަން ހާމަކޮށްފި!
"ހިޔާ މަޝްރޫއު" ގެ ދަށުން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ފޯނުން ނުގުޅިހުރި ފަރާތްތަކުގެ ނަންތައް ހާމަކޮށްފި އެވެ.

ހިޔާ މަޝްރޫއު ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރުމުގެ ކުރިން ގުޅަމުން އަންނަކަމަށް މީގެ ކުރިންވެސް ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުނީ ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ގެޒެޓް ކުރައްވާފައިވާ ލިސްޓްގައި ހިމެނޭ ފަރާތްތަކަކީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި H4 ،H5 ،H6 ، H8 އަދި H10  ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން ނުގުޅުނު ފަރާތްތަކަށްކަމަށެވެ.  

އެގޮތުން  H7 އަދި H9 ކެޓަގަރީގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމުގެ މަސައްކަތް ނިމުމުން ދެ ކެޓަގަރީއިން ނުގުޅޭ ފަރާތްތަކުގެ ލިސްޓްތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު އެއީ ފްލެޓް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ފައިނަލް ލިސްޓުތައް ނޫން ކަމަށް ވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ފާހަގަ ކޮށްފައިވެ އެވެ.

ރައީސް އޮފީހުން ބުނީ މިއަދު އާންމުކުރި ލިސްޓުގައި ހިމެނޭ ފަރާތްތަކުން މި މަހުގެ 14 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، https://hcc.presidency.gov.mv ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އެދިވަޑައިގަންނަވާކަމަށެވެ.

ހިޔާ މަޝްރޫއު ގެ ދަށުން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުގެ ނަންތައް ހާމަކޮށްފައިވާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ ހިޔާ މަޝްރޫއުގެ ކޮންޓްރެކްޓްގައި ނުހިމެނޭ ބައެއް ކަންތައްތައް ނިންމުމަށް އިތުރު 8 މަސް ނަގާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް