ads
ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު--
ފުލިދޫ ގިރާ މައްސަލަ ހައްލުކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
ވ. ފުލިދޫ ގިރާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ފެލިދޫ ދާއިރާ ގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ވ.ފުލިދޫ އާދަޔާއި ހިިލާފަށް ގިރަމުންދާތީ އެކަމުގެ ސަބަބުން ފުލިދޫގެ ތިމާވެއްޓަށް ދިމާވެފައިވާ ނާޒުކު ހާލަތުގެ ސަަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. 

އާދަޔާއި ހިލާޔަށް ގިރަމުން ދިއުމުގެ ސަބަބުން ރަށުގެ ތިމާވެށި ނާޒުކު ހާލަތަކަށް ވެއްޓިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ފުލިދޫ ރައްޔިތުންނަށް ބިރުވެރިކަން ކުރިމަތިވެފައިވާކަން ފަޒުލް ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން ފުލިދޫ މިސްކިތް ހުންނަ ސަރަހައްދު ގިރައިގެންގޮސް، މިސްކިތައް ގެއްލުން ލިބުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ. އަދި ބޯޅަދަނޑު ވަށާފާރާއި ހަމަޔަށް ގިރައި ފަތުރުވެރިންގެ ބީޗް އެއްކޮށް ނިރާލާފައިވާކަމަށާއި، މިކަމުގެ ސަބަބުން ރަށުގައި ތިބެ ފަރުވެރިކަމުގެ ވިޔަފާރިކުރާ ގެސްޓް ހައުސްތަކަށް ނޭދެވޭ އަސަރު ކުރާކަމަށް ފަޒުލް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް