ads
ޖާބިރު، ޒަހާ ހާޒިރު ކުރަން އުޅެނީ އަމިއްލަ މަސްލަހަތު އޮތް ކަމެއްގައި: ފަލާހު
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހެޅީ އަމިއްލަ މަސްލަހަތު އޮތް ކަމެއްގައި ކަމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށް ގެންދިޔަ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މިނިސްޓަރު ޒަހާ ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. 

އެގޮތުން ޖާބިރު ވާހަކަ ދައްކަވަމުން ވިދާޅުވީ މަސްވެރިކަމާ ދަނޑުވެރިކަމަކީ އިގްތިސާދުގެ ވަރަށްބޮޑު ބައެއް ކަމަށާއި، އެހެން ނަމަވެސް ބައެއް ކަންކަމުގައި ޕޮލިސީ ނެތްކަމަށް ބުނެ ކަންކަން ކުރުން ހުއްޓުވާކަމަށެވެ. 

"އަދި ހާއްސަގޮތެއްގައި މީހަކު މިސާލަކަށް ޗެމްބަރެއް އަޅަން އުޅުނަސް. ސަރުކާރަކުން އަޅާފަކާއެއް ނެތް. މީހުންތައް މަރުވެގެން މިދަނީ އެފަދަކަންކަމަށްވެސް ޕޮލިސީ ނެތޭ ކިޔާފައި ހުރަސް އަޅާ." ޖާބިރު ވިދާޅުވި އެވެ. 

ޖާބިރުގެ ވާހަކައަށް ފަހު ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ މުގައްރިރު ފަލާހް ވިދާޅުވީ، ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ އެއްވެސް މެމްބަރަކު އަމިއްލަ ވިޔަފާރިއާއި މަސްލަހަތު ހިމެނޭ ކަންކަމެއް ނުވުމުން މިނިސްޓަރަކު ޖަވާބުދާރީ ކުރުވަން ގެނައުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ. 

"މި ދިމާވާ މައްސަލައަކީ މި މައްސަލަ ހުށަހެޅުއްވި އިއްޒަތްތެރި މެމްބަރު ބޭނުންފުޅުވަނީ ގދ. ގއ. އަތޮޅު ކޮންމެވެސް ރަށެއްގައި ޗެމްބަރެއް އަޅުއްވަން، ފަޅުރަށެއްގައި. އެ ފަޅުރަށަކީ މީގެ އެތައް ޒަމާނެއް ކުރިން އިއްޒަތްތެރި މެމްބަރުގެ ވަރުވާގެ ދަށުގައި އޮތް ރަށެއް."

ފަލާހުގެ ވާހަކަތަކާއި ގުޅިގެން ޖާބިރު ހިތްހަމަނުޖެހުން ފާޅުކޮށް ކޮމިޓީގައި ވާހަކަ ދައްކާފައިވެއެވެ. 

މިނިސްޓަރު ޒަހާ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހެޅި މައްސަލައަށް ވޯޓަށް އެހިއިރު އެ ކަން ފާސް ވެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް