ވާދަވެރިންނަށް ރައްދު، ކުޅުންތެރިންނަށް ޔަގީންކަން!
10 ޑިސެމްބަރ 2019 - 13:01:36
ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިންގެ ކަންކަމަށް މިސަރުކާރުން ބޮޑު އިސްކަމެއް ދޭތީ އަމާޒުވާ ފާޑު ކިޔުންތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަެއްމަދު ސޯލިހް އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފި އެވެ.

ރައީސް ސޯލިހް އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވީ މިއަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ރަން މެޑަލް ހޯދި ހަމައެކަނި އެތުލީޓް ހަސަން ސާއިދު އާއި މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީޓީ ޓީމަށް މަރުހަބާ ދެންނެވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިސަރުކާރުން ކުޅިވަރުތަކަށް އެހީތެރިކަން ފޯރުކޮށްދޭތީ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުވިދާޅުވާ ކަމަށާއި ނަމަވެސް ކުޅިވަރުތަކަށް އެހީތެރިވަނީ ކުޅޭކުޅޭ ކަމެއްގެ ގޮތުގައި ނޫން ކަމަށެވެ.
"ބައެއް ސިޔާސީ ވާދަވެރިން އަޅުގަނޑުމެންނާ ދިމާލަށް ބުނޭ މިސަރުކާރަކީ ހަމައެކަނި ކުޅިވަރު ކުޅޭ ސަރުކާރެއް ކަމަށް. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ކުޅިވަރަށް މިސަޕޯޓްކުރަނީ އެހީތެރި މިވަނީ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައެއް ނޫނޭ. މިއީ ޒުވާނުންނަށް ގައުމަށް ފައިދާ ހުރި ކަމަކަށް ވާތީއޭ. ބޭރުގައި އިޝްތިހާރު ކުރުމާއި އޭގެ އިތުރުން އެންމެން އެކުލަވާ އެއްޗެއްގެ ގޮތުގައި ކުޅިވަރު އަޅުގަނޑުމެންނަށް ފާހަގަވެގެންދަނީ.،" ވާދަވެރިންނަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެއްވެސް ކުޅިވަރެއް ތަފާތު ނުކޮށް ސަރުކާރުން ކޮށްދޭންޖެހޭ ކޮންމެ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިއަދު އެންމެ ބޮޑަށް ފާހަގަވަނީ ކުޅިވަރުތަކުގައި އަންހެން އެތުލީޓުން ހޯދާ ކާމިޔާބުތައް ކަމަށެވެ. އެހެންކަމުން އެއްވެސް ޖިންސެއް ތަފާތު ނުކޮށް ހުރިހާ އެތުލީޓުންނަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފަ އެވެ. އަދި ކުޅިވަރުތަކުގައި ކާމިޔާބު ހޯދައިދިނުމަށް ކުޅުންތެރިންނާއި، ކުޅުންތެރިންގެ އާއިލާތަކުންނާއި ކުޅިވަރު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ކުރިން ދެންނެވި ފަދައިން ކާމިޔާބެއް ހޯދުމަށްޓަކައި ކޮންމެހެން އެއީ ބޮޑު އާބާދީއެއް އޮންނަ ތާކަށް ވާކަށް ނުޖެހޭ. ބޮޑު ގައުމަކަށް ވާކަށް ނުޖެހޭ. މިއަދު އަޅުގަނޑުމެން މިތިބީ އެކަން ސާބިތުކޮށްދީގެން. ބޭނުންވަނީ ރަނގަޅު ޕްލޭނެއް އޮވެގެން ކުރިއަށް ދިއުން. ރަނގަޅު ޓްރެއިނިން ހޯދައިދިނުން. ފެސިލިޓީޒްތައް އިތުރުކޮށްދިނުން." ކާމިޔާބު ހޯދުމަށް ކުރެވިދާނެ ކަންކަން ހިއްސާކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް ރަނގަޅު ވަސީލަތްތައް ނެތްކަން ފާހަގަކުރެއްވޭ ކަމަަށެވެ. އެހެންކަމުން ވަސީލަތްތައް ގާއިމުކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ރަނގަޅު ކޯޗުން ހޯދުމާއި، އަދި ބޭރަށް ފޮނުވަންޖެހޭ ކުދިން ބޭރަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުޅިވަރުގައި ކާމިޔާބު ހޯދުމަށްޓަކައި ބޭނުންވާ އެންމެ މުހިއްމު ކަމަކީ ރަނގަޅު އަޚްލާގު ކަމަށެވެ. އެހެން ނޫންނަމަ ހުނަރު ހުއްޓަސް ކާމިޔާބު ނުލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ފެނިފައި އެބަހުރި ވަރަށް ހުނަރުވެރި ކުޅުންތެރިން. ވަރަށް ހުނަރުވެރި އެތުލީޓުން. ވަކި ހިސާބަކުން ކުޅިވަރާ ދުރަށް ދާން ޖެހެނީ އެކުދިންގެ އަހްލާގު ހުންނަ ގޮތުން. ޑިސިޕްލިން ރަނގަޅަށް ނުހިފެހެއްޓުމުން. އެހެންވީމާ ރަނގަޅަށް ޓްރެއިން ކުރުމާއި ސިއްހަތު ސަލާމަތުން ބެހެއްޓުމާއި މިއީ ކުޅިވަރެއްގައި އެންމެ ބޭނުންތެރި އެންމެ މުހިއްމު ދެކަންތައް. ހަމައެއާ އެކީގައި ކޯޗުން ދޭ ޓްރެއިނިންތައް ތަމްރީންތައް ރަނގަޅަށް ކަނުލައި އަޑުއަހައިގެން ކުރިއަށް ދިޔައީމާ އަޅުގަނޑު ހިތުން މިއަށް ވުރެ ރަނގަޅު ކާމިޔާބީ އަޅުގަނޑުމެންނަށް ހާސިލްކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ސާއިދު ހޯދި ރަން މެޑަލްގެ އަގުވަޒަން ކުރައްވަމުން ރައީސް ވިދާޅުވީ މިއަދު މިއީ ވަރަށް ފަހުރުވެރި ވަރަށް އުފާވެރި އަދި ވަރަށް ކާމިޔަބު ދުވަހެއް ކަމަށެވެ. ސައުތު އޭޝިއަން ގޭމްސް އަކީ މިސަރަހައްދުގައި ބާއްވާ އެންމެ ބޮޑު މުބާރާތް
ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ސާއިދަކީ 1.7 ބިލިއަން މީހުންގެ މެދުގައި ހުރި އެންމެ ބާރު ދުވުންތެރިޔާ ކަމަށެވެ. އެކަމަށްޓަކައި ސާއިދު އަށް މަރުހަބާ ދަންނަވާ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް