
ޝާހިދުގެ ފަރާތުން ލިބުނު ލޯތްބަށް ޝުކުރު އަދާކުރަމުން މީރާ ވަނީ ޝާހިދު ފަދަ ފިރިއަކު ލިބޭނީ ދުނިޔެއިން ވަރަށް ނަސީބު ރަނގަޅު މީހަކަށް ކަމަށް ބުނެފަ އެވެ.
އޭގެ އިތުރުން މީރާ ވަނީ، އަނބިމީހާ ދައްކާނީ އަބަދުވެސް ރަނގަޅު ވާހަކަ ކަމަށާއި އެކަން ހަނދާން ނައްތާނުލުމަށް ވެސް އެދިފަ އެވެ.
މީގެ ކުރިން ޝޯއެއްގައި ޝާހިދު ވަނީ މީރާގެ ރަނގަޅުކަމުން، އޭނާއަށް ވަރަށް ތައުރީފްކޮށްފަ އެވެ. އަދި އެފަދަ އަންބަކު ލިބުމަކީ އޭނާގެ ނަސީބު ކަމަށް ވެސް ބުނެ އެވެ.
މީރާ އަކީ ފިލްމީ ތަރިއެއް ނޫން ނަމަވެސް އޭނާ އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަރާތެކެވެ. އެގޮތުން އޭނާ ވަނީ އިޝްތިހާރަކުން ވެސް ފެނިގެންގޮސްފަ އެވެ.
މީރާ އާއި ޝާހިދު ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރެވެ. މީރާ އާއި ޝާހިދު ކައިވެނި ކުރީ އޭނާގެ މައިންބަފައިން އެދޭތީ އެވެ. އެމީހުންގެ ކައިވެންޏަށް ފުރަތަމަ ދަރިފުޅު މީޝާ ކަޕޫރު ލިބުނީ 2016 ވަނަ އަހަރެވެ. އަދި ދެވަނަ ދަރިފުޅު ޒައިން ލިބުނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.