ޓީއައިއެފްއެފް 2020 ގެ އެމްބެސެޑާއަކަށް ވުމުގެ ފުރުސަތު ލިބުނު ވާހަކަ ފޭނުންނާ ޕްރިޔަންކާ ހިއްސާ ކޮށްފައި ވަނީ ޓްވިޓާ މެދުވެރިކޮށެވެ.
ޕްރިޔަންކާގެ ޓްވީޓްގައި އޭނާ ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އޭނާގެ ފިލްމުތައް ޕްރޮމޯޓް ކުރުމަށް ފެސްޓިވަލްތަކުގައި ބައިވެރިވެފައިވާ ވީޑިއޯކޮޅެއް ވެސް ޝެއާ ކޮށްފަ އެވެ.
އެގޮތުން އެ ވީޑިއޯ ގައި 2009 ވަނަ އަހަރު ފިލްމު "ވަޓްސް ޔުއޯ ރަޝީ" 2014 ވަނަ އަހަރު "މެރީ ކޮމް" 2018 ވަނަ އަހަރު "ޕަހުނާ: ދަ ލިޓްލް ވިޒިޓާ" އަދި 2019 ވަނަ އަހަރުގެ 'ދަ ސްކައި އިޒް ޕިންކް' ޕްރޮމޯޓް ކުރުމަށް ފެސްޓިވަލް ގައި ބައިވެރިވި މަންޒަރު ވީޑިއޯ އިން ފެނެ އެވެ.
ޕްރިޔަންކާ ވަނީ ޓީއައިއެފްއެފް ގެ އެމްބެސެޑަރުގެ މަގާމު ލިބުމުން ވަރަށް އުފާވާ ކަމަށާއި ޓީއައިއެފްއެފް އާ އެއްކޮށް އޮންނަ ގާތް ގުޅުން އަބަދުވެސް އެގޮތުގައި ދެމި އޮންނަން އޭނާ ބޭނުންވާ ކަމަށެވެ. އޭނާ ވަނީ ޓީއައިއެފްއެފް އަކީ އޭނާގެ ދެވަނަ ގެ ކަމަށް ވެސް ބުނެފަ އެވެ.
މި އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 10 އަކުން 19 ވަނަ ދުވަހަށެވެ. މިއީ 45 ވަނަ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އެވެ.