ads
ފެހެންދޫ ދަރިވަރުންނަށް ހަމަޖެއްސި ފެރީ--
ފެރީއާއެކު ފެހެންދޫ ދަރިވަރުންނަށް ބޮޑު ހިތްހަމަޖެހުމެއް
އިންޑިއާ ސަރުކާރުން، ބ. ފެހެންދޫ ދަރިވަރުންނަށް ހަދިޔާކުރި ސްކޫލު ފެރީ، ސަރުކާރާއި ހަވާލުކޮށްފި އެވެ.

މިއަދު ހަވީރު، ބޭއްވި ރަސްމިއްޔާތެއްގައި އެ ފެރީ ސަރުކާރާއި ހަވާލުކޮށްދެއްވީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރެވެ. 

ތިރީސް ކުދިންގެ ޖާގައިގެ އެ ލޯންޗު ހަދާފައި ވަނީ އިންޑިއާ އިން ރާއްޖެއަށް ދިން 2.5 މިލިއަން ރުފިޔާގެ ގްރޭންޓް އެހީގެ ދަށުންނެވެ. 

އާބާދީ މަދުވުމާއި ގުޅިގެން 2008 ވަނަ އަހަރުން ފެށިގެން ފެހެންދޫ ސްކޫލުގައި ކިޔަވައިދިނުން ހުއްޓާލާފައިވާއިރު އެރަށުގެ ދަރިވަރުން ކިޔެވުމަށް ދަނީ އެރަށާއި އެއް ފަޅެއްގައި އޮންނަ، ގޮއިދޫ އަށެވެ. 

އެރަށު ކައުންސިލުގެ ރައީސް މޫސާ ނަސީމް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި. އެރަށުގެ 26 އަކަށް ދަރިވަރުން ގޮއިދޫއަށް ކިޔަވަންދެ އެވެ. 

ކޮންމެ ދުވަހެއްގެ ހެނދުނު ވެސް ޑިންގީގައި ތިން ބުރު އެދެމެދުގައި ދަރިވަރުން ގޮވައިގެން އަޅަންޖެހޭކަން ފާހަގަކުރައްވާ، މޫސަ ވިދާޅުވީ، އާ ފެރީއާއެކު ބޮޑު ލުޔެއް ދަރިވަރުންނާއި ބެލެނިވެރިންނަށް ލިބިގެންދާނެ ކަމަށެވެ.

ދޭތެރެއަކުން އެކުދިން ސްކޫލަށްދާ ގޮތުގެ ހިތްދަތި ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދައުރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް