ads
ފޮޓޯ: ކޮރަލްގްލާސް-
ގޭމްއިން ހުސްވި މަގާމުތަކަށް ވަގުތީގޮތުން މީހުން އައްޔަންކޮށްފި
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ހުސްވެފައިވާ މަގާމުތަކަށް ވަގުތީ ގޮތުން މެމްބަރުން ހަމަޖައްސައިފި އެވެ.

ގޭމްގެ ރައީސް އަދި ސެކެޓްރީ ޖެނެރަލްގެ ހުސްވެފައިވާ މަގާމަށް ވަގުތީ ގޮތުން މެންބަރުން ހަމަޖައްސާފައިވަނީ އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމެޓީ އިން ރޭ އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި އެކްޓިން ޕްރެޒިޑެންޓްގެ މަގާމަށް އައްޔަންކޮށްފައިވަނީ މިހާރު ގޭމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އިމްތިޔާޒު އެވެ. އަދި ވަގުތީ ސެކެޓްރީ ޖެނެރަލްއަކަށް އައްޔަންކުރީ މުހައްމަދު ވާފިރު އެވެ.

ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫސާ ނާސިހު އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ސެކެޓްރީ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތު ވެސް އެހެން ބޭފުޅަކާ ވަގުތީގޮތުން ހަވާލުކޮށްފައި ވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވި އެ މަގާމުގައި ހުންނެވި ސައުދުﷲ އަހްމަދު ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ.

އިސްތިއުފާ ދެއްވަމުން ނާސިހު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް އެ އެސޯސިއޭޝަނުގެ އިންޓާނަލް ކޮމެޓީ އިން ބެލުމަށްފަހު، ހިންގާ ކޮމެޓީ އަށް ހުށަހެޅުނު ނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތުމުން، އިތުރަށް އެ އެސޯސިއޭޝަނުގެ ރަައީސްގެ މަގާމުގައި ހުރުމަކީ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ މަގާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް