
އެ މީހުންގެ ދިރިއުޅުމުގެ ކަންކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުން އަންނައިރު މީރާ މިވަނީ އޭނާގެ ދަރިންގެ އަތުގައި ފޯނު ޖެހުމުންވާ ގޮތް ވެސް ސަޕޯޓަރުންނަށް ދައްކާލާފަ އެވެ.
އެގޮތުން ފިރިމީހާ، ޝާހިދުއަށް ދަރިން ފޮނުވާފައިވާ މެސެޖުތަކެއްގެ ސްކްރީންޝޮޓެއް ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން އެކި އަކުރުތަކާއި ނަމްބަރުތަކަށް ފިތުމަށް ފަހު މެސެޖުތައް ބަރިބަރިއަށް ފޮނުވާލާފައި ހުރި މަންޒަރު ފެނިގެންދެ އެވެ. އެކަން ކުރީ އޭނާގެ ކޮން ދަރިއެއް ކަމެއް މީރާއެއް ނުބުނެ އެވެ. އަދި އެކަން ކުރި ދަރި، އާންމުން ގެސްކުރަން އޭނާ ދޫކޮށްލީ އެވެ.
މީރާ އާއި ޝާހިދު ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރެވެ. މީރާ އާއި ޝާހިދު ކައިވެނި ކުރީ އޭނާގެ މައިންބަފައިން އެދޭތީ އެވެ. އެމީހުންގެ ކައިވެންޏަށް ފުރަތަމަ ދަރިފުޅު މީޝާ ކަޕޫރު ލިބުނީ 2016 ވަނަ އަހަރެވެ. އަދި ދެވަނަ ދަރިފުޅު ޒައިން ލިބުނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.