ads
އެމިރޭޓްސް
ކޮވިޑް-19: އެމިރޭޓްސް އިން 9000 މިހުން ވަޒީފާއިން ވަކިކުރަނީ
ކޮވިޑް-19 އާ ގުޅިގެން އެމިރޭޓްސް އިން 9000 އެއްހާ މީހުން ވަޒީފާއިން ވަކި ކުރާނެކަމަށް އެ އެއާލައިންގެ ރައީސް ސަރް ޓިމް ކްލާކް ވިދާޅުވެއްޖެ އެވެ.

ސަރް ޓިމް ކްލާކް ވިދާޅުވީ 60،000 މުވައްޒަފުން މަސައްކަތް ކުރި އެއާލައިނުން ކޮވިޑާގުޅިގެން 10 އިންސައްތަ މީހުން މިހާރު ވެސް ވަޒީފާއިން ވަކިކޮށްފައިވާކަމަށާއި އަދި ވެސް މުވައްޒަފުން މަދު ކުރަން ޖެހިދާނެ ކަމަށެވެ.

"ފަސްދޮޅަސްހާސް މީހުން ވަޒީފާ އަދަކުރި އެއާލައިނުން މިހާރު ވެސް 10 އިންސައްތަ މީހުން ވަނީ ވަކިކޮށްފައި. ކަންކަން މިހާރު ދާގޮތުން އަނެއްކާ 15 އިންސައްތަ މީހުން ވަޒީފާއިން ވަކި ކުރަން ޖެހިދާނެ،" ޓިމް ކްލާކް ވިދާޅުވި އެވެ.

ކޮރޯނާ ވައިރަހާއި ގުޅުގެން އެކުންފުންޏަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި ނަމަވެސް އެހެން ކުންފުނިތައް ލިބުނުހާ ބޮޑު ގެއްލުމެއް ލިބިފައިނުވާކަމަށް  ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ސަރް ޓިމް ކްލާކް ވިދާޅުވެއެވެ.

އެމިރޭޓްސްގެ 4500 ޕައިލެޓުންގެ ތެރެއިން ގާތްގަނޑަކަށް 700 ޕައިލެޓަކަށް ވަނީ މި ހަފްތާ ތެރޭގައި ރިޑަންޑަންސީ ނޯޓިސް އެއް ދީފައެވެ. އަދި ކޮވިޑ-19 އާ ގުޅިގެން ގާތްގަނޑަކަށް 1200 މުވައްޒަފުން ވަޒީފާ އިން ވަކި ކުރެވޭނެ ކަމަށް ވެސް ބައެއް ނޫސްތަކުން ބުނެ އެވެ. ހަމަމިއާއެކު އެތައް ހާސް ކެބިން ކުރޫ އިން ވަޒީފާއިން ވަކިކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް