އެންޓާޓީކާއަށް ދަތުރު ކުރަމުން ދިޔަ ޗިލީގެ އަސްކަރީ މަތިންދާ ބޯޓެއް އެއިން ދަތުރު ކުރަމުން ދިޔަ 38 މީޙުންނާއެކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

Advertisement
އެންޓާޓީކާއަށް ދަތުރު ކުރަމުން ދިޔަ ޗިލީގެ އަސްކަރީ މަތިންދާ ބޯޓެއް އެއިން ދަތުރު ކުރަމުން ދިޔަ 38 މީހުންނާއެކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ޗިލީގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި ޗިލީގެ ގަޑިން 16:55 ގައި ޕުންޓަ އެރީނަސްއިން ފުރި އެ ބޯޓާ ގުޅުން ކެނޑިފައިވަނީ 18:00 ހާއިރު އެވެ.
ބޯޓު ގެއްލުނު އިރު އެއްވެސް ކަހަލަ މައްސަލައެއް ދިމާ ވެގެން އެފަދަ އެއްވެސް ސިގްނަލެއް ދީފައި ނުވާ ކަމަށްވެސް ޗިލީގެ އަސްކަރިއްޔާއިން ބުނެ އެވެ.
ގެއްލިފައިވަނީ ޗިލީގެ އަސްކަރިއްޔާއިން މީހުން އުފުލަން ބޭނުން ކުރަމުންދާ ސީ-130 ހާކިއުލިސް މަރުކާގެ ތިން މަތިންދާ ބޯޓުގެ ތެރެއިން އެއް ބޯޓެވެ.
ޗިލީގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި ގެއްލިފައިވާ ބޯޓުގައި ތިބީ އެ ބޯޓުގެ 17 ކްރޫއިންނާއި 21 ފަސިންޖަރެކެވެ.
ގެއްލުނު އިރު ބޯޓު ދަތުރު ކުރަމުން ދިޔައީ އެންޓާޓިކާގައި އޮންނަ ޗިލީގެ ވައިގެ މަރުކަޒަކަށް ބޭނުންވާ ބައެއް ސާމާނާއި މީހުން ގޮވައިގެންނެވެ.