ads
ރާމޯސްއާ ބެންޒެމާ: ރޭގެ މެޗުގައި ރަމޯސް ނުކުޅޭ
ރިއަލް މެޑްރިޑް ލީގު ހޯދުމާ ގާތަށް
ޑިޕޯޓިވޯ އަލަވޭސް ބަލިކޮށް ރިއާލް މެޑްރިޑުން ސްޕެނިޝް ލީގު ކާމިޔާބު ކުރުމާ ކައިރިވެއްޖެ އެވެ.

ރޭ، ރިއާލުން ޑިޕޯޓިވޯ އަލަވޭސް ބަލިކުރީ ދެ ލަނޑު ސުން ލަނޑުންނެވެ.

ރޭގެ ނަތީޖާއާއި އެކު ރިއާލުން އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓްގެ ފަރަގަކާއި އެކު އެވެ. ރިއާލަށް 35 މެޗުން 80 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބާސެލޯނާއަށް 35 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. ދެ ޓީމަށްވެސް ދެން ބާކީ އޮތީ ތިން މެޗެވެ. ބާސާއިން މިރޭ ރެއާލް ވަލޮޑޮލިޑް އަތުން ތިން ޕޮއިންޓް ނުހޯދި، ހޯމަ ދުވަހު ރިއާލްއަށް ގްރަނާޑާ އަތުން މޮޅު ވެއްޖެ ނަމަ ލީގު ކަށަވަރުވާނެ އެވެ.  

ރިއަލް މެޑްރިޑަށް ރޭގެ މެޗުގައި ލަނޑުތައް ޖަހާދިނީ ބެންޒެމާ އަދި އަސެންސިއޯ އެވެ. މީގެ ތެރެއިން ބެންޒެމާގެ ލަނޑަކީ ޕެނަލްޓީއެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް