ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފިޝަރީޒް އެކްސްޕޯ ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް
މޫސުން ގޯސްވާނެ ކަމަށް ލަފާކުރާތީ މަސްވެރިންގެ ދުވަހުގެ ޖަލްސާ ދަރުބާރުގެއަށް!
މަސްވެރިންގެ ދުވަހުގެ ގައުމީ ޖަލްސާ ދަރުބާރުގެއަށް ބަދަލުކޮށްފި އެވެ.
Advertisement
މަސްވެރިންގެ ދުވަހުގެ ގައުމީ ޖަލްސާ ދަރުބާރުގެއަށް ބަދަލުކޮށްފި އެވެ.

ކުރިން މިޖަލްސާ ބާއްވަން ނިންމާފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގަ އެވެ.

ފިޝަރީޒް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ގައުމީ ޖަލްސާ ދަރުބާރުގޭގައި ބާއްވަން ނިންމީ މިރޭ މޫސުން ގޯސްވާނެ ކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން މައުލޫމާތު ދީފައިވާތީ ކަމަށެވެ.

ޖަލްސާ ބާއްވާ ތަން ބަދަލުވި ނަމަވެސް މިޖަލްސާގެ އެޖެންޑާގައި ހިމެނޭ އެއްވެސް ކަމަކަށް ބަދަލު ނާންނާނެ ކަމަށްވެސް ފަޒީލް ވަނީ ވިދާޅުވެފަ އެވެ.

މަސްވެރިންގެ ދުވަހުގެ ގައުމީ ޖަލްސާ ފެށުމަށް ހަމަޖައްސާފައިވަނީ މިރޭ 8:30 ގައެވެ.

މިޖަލްސާގެ ޝަރަފްވެރިކޮށްދެެއްވުމަށް ހަމަޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

މިއީ ފަހުގެ ތާރީހެއްގައި މާލޭގައި މަސްވެރިންގެ ދުވަހުގެ ގައުމީ ޖަލްސާ ބާއްވާ ފުރަތަމަ ފަހަރެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް