ads
ފިރާގް
ސަރުކާރުގެ ކުންފުނިތަކުން ޓޫއަރިޒަމް ދާއިރާއަށް ނެރުން ރަނގަޅެއް ނޫން:ފިރާގް
ސަރުކާރުގެ ކުންފުނިތައް ޓޫއަރިޒަމްގެ ދާއިރާ އަށް ނެރުން އެއީ ރަނގަޅު ހިޔާލެއް ނޫން ކަމަށް އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގް ވިދާޅުވެއްޖެ އެވެ.
Advertisement

ފިރާގް "ސީއެންއެމް" އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ވީހާތަނަށް ވެސް ސަރުކާރުން ހިއްސާވެގެން ޓޫއަރިޒަމްގެ ދާއިރާ ނެރެން ކުންފުނިތައް ވަނީ ފެއިލްވެފައި ކަމަށާއި ސަރުކާރުން ދަނީ މި ފަދަ ޕޮލިސީތައް އިރު އިރު ކޮޅުން ބަދަލުކުރަމުން ކަމުގައި އެވެ. 

ފިރާގް ފާހަގަ ކުރެއްވި ގޮތުގައި މިފަދަ ކަމެއް ކޮށްފި ނަމަ ކޮރަޕްޝަނަށް ވަރަށް ބޮޑަ މަގުފަހިވެގެން ދާނެ ކަމުގައި އެވެ. 

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިފަދަ ނިންމުންތަކާއި ހެދި ގެއްލުންތައްވެގެން ދަނީ ރައްޔިތުންނަށް ކަމަށާއި ގެއްލިގެން ދަނީ ވެސް ހަމަ ރައްޔިތުންގެ ފައިސާ ކަމުގައި އެވެ. 

އޭނާ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި މި ފަދަ ނިންމުން ތަކަކީ ވަގުތީ ބޭނުމަކަށް ސަރުކާރުން ނިންމާ ނިންމުން ތަކެއް ކަމަށާއި އެ ފަދަ ނިންމުންތައް އަނެއް ސަރުކާރުން ހަވާލު ވުމާއި އެކު ނުވަތަ ސަރުކާރު ބަދަލުވުމުން ވަގުތުން ބަދަލުވެގެން ދާކަމަށެވެ. 

"ސަރުކާރުން މިފަދަ ޕޮލިސީތަކަށް ބޮޑެތި ބަދަލުތައް ގެންނަ އިރުވެސް އެއްވެސް ވަރަކަށް މިކަންކަމާއި ގުޅުން ހުރި ތަޖުރިބާކާރުން މަޝްވަރާއެއް އެއްވެސް ވަރަކަށް ނުހޮދާ ކަމީ އަސްލުވަރަށް ބޮޑަށް ހިތާމަ ކުރަން ޖެހޭ ކަމެއް. ސަރުކާރުން ބޭނުންވީމާ ބޭނުން ޕޮލިސީ މިގޮތަށް ބަދަލުކުރަން ވެއްޖެޔާ ރައްޔިތުންނައް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުން އެކަށީގެންވޭ" ފިރާގު ވިދާޅުވި އެވެ.

ފިރާގް މިހެން ވިދާޅުވެފައިވާ އިރު ސަރުކާރުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރިސޯޓު ތަރައްގީ ކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން ދޫކުރާ ރަށް އެހެން ކުންފުންޏަކަށް ސަބް ލީޒް ނުވަތަ ކުއްޔަށް ނުދެވޭނެ ކަމަށް ނިންމާ އެ ގާނޫނަށް އިސްލާހު ގެނެސްފައި އެވެ. 

ޓޫރިޒަމް މިނިސްޓްރީއިން ވަނީ މިދިޔަ ޑިސެމްބަރު މަހު އެ ގާނޫނަށް ގެނައި އިސްލާހާ އެކު، އަމަލު ކުރާނެ ގަވައިދު އާންމުކޮށްފަ އެވެ.

އެ ގަވައިދުގައި އެސްއޯއީތަކަށް ރިސޯޓާއި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓު ތަރައްގީކޮށް ހިންގުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް ވަނީ ކަނޑައަޅައިފަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;