ads
މެމްބަރު އަހުމަދު ހަލީމް--
ބިދޭސީންގެ މައްސަލަ އަވަހަށް ހައްލު ކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް
ބިދޭސީންގެ މައްސަލަ އަވަހަށް ހައްލު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
Advertisement

މި ކުއްލި މައްސަލަ ހުށަހަޅާފައިވަނީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ. އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ 35 މެމްބަރުންގެ ވޯޓުންނެވެ. 

ހަލީމްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ގަވައިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީންގެ މައްސަލަ އަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުން މިހާރަށް ކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީން އިތެރެވެފައިވާގޮތް ބަލާ އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރާއި ކަމާ ގުޅޭ އިދާރާތަކަށް ގޮވާލާކަމަށެވެ. މީގެ އިތުރުން ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީން މެދުވެރިކޮށް ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލާ، މީހުންގެ މުދަލައް ގެއްލުންދިނުމަށް ހިތްވަރުލިބޭ ގޮތަށް އަމަލުކުރަމުންދާތީ އެކަންކަން ކުށްވެރިކުރުމުގެ ގޮތުން މައްސަލަ ހުށަހަޅާ ކަމަށެވެ. 

ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ މިއީ ހައްސާސް މައްސަައެއް ކަމަށާއި، މިދިޔަ ހަތް އަހަރު ތެރޭގައި މިކަން ހައްދުފަހަނަ އަޅާގޮސްފައި ވާކަމަށެވެ. 

ހަލީމް ވިދާޅުވީ އިމިގްރޭޝަންގައި ހުންނަ ޕައިސިސް ސިސްޓަމަށް ވަނުމުގެ ހުއްދަ އޮންނަ 60 ފަރާތެއް ތިބޭކަމަށާއި، އަދި އެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ބިދޭސީންވެސް ހިމެނޭ ކަމަށެވެ. ގަވައިދުގައި އޮންނަނީ އެ ސިސްޓަމަށް ވަނުމަށް ދެ މީހަކަށް ހުއްދަ ދިނުމަށްކަން ހަލީމް ފާހަގަކުރެއްވި އެވެ.

ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގިނަ ފަރާތްތައް ގޮތް ހުސްވެފައިވާކަން ފާހަގަކޮށް ހަލީމް ވިދާޅުވީ ކާނެ ގޮތެއްނެތި އެފަރާތްތައް ގޮތް ހުސްވެފައިވާކަމަށެވެ. އަދި އެއްވެސް އިންސާނަކު މިވަރަށް ދަށްކޮށްލެވިގެންނުވާނެ ކަމަށް ހަލީމް ވިދާޅުވި އެވެ. 

ހަލީމް ވިދާޅުވީ މިކަން މިހިސާބަށް ގޮސްފައިވަނީ މީގެ ކުރިން އިމިގްރޭޝަންގެ ވެރިންގެ ގޮތުގައި ތިބި ފަރާތްތަކުގެ އިހުމާލުން ކަމަށާއި، އެ ފަރާތްތަކާއި ދެކޮޅަށް ފުރިހަމަމ ތަހުގީގެއް ކުރަންޖެހޭނެ ކަމަށެވެ. 

މީގެ އިތުރުން ހަލީމް ވަނީ އިދިކޮޅު ފަރާތްތަކުން ބިދޭސީން ލައްވާ ގައުމު ހަލަބޮލި ކުރަން މަސައްކަތްކުރާކަމަށް ތުހުމަތު ކޮށްފައެވެ.

ހަލީމް ވިދާޅުވީ ބޯޑަރުތައް ބަންދުވެފައި އޮތް ވަގުތެއްގައި ވެސް ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވުމަށް ސަރުކާރުން ކުރި މަސައްކަތަކީ ބުރަ، ބޮޑު މަސައްކަތެއްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް