ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައިވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ އަންނަ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވާނީ ރައީސް ޔާމީންކަން ޔަގީންކުރާ ކަމަށެވެ.
މީގެ އިތުރުން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ އިދިކޮޅުގެ މަސައްކަތުން ރައީސް ޔާމީންގެ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރާނެ ކަމަށެވެ. އަދި ޝަރުއީ ދާއިރާއަށް ނުފޫޒް ފޯރުވަން އުޅުމަކީ މިއަދަކު ނުވަތަ އިއްޔައަކު ވީ ކަމެއް ނޫންކަމަށާއި އެއީ ދިވެހިރާއްޖެ އުފެދުނީއްސުރެ އޮތް ކަމެއް ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަން އެފަދަ ގޮތަކަށް ހިނގާފައި ވާނަމަ އެއީ ކަމުދާ ކަމެއް ނޫން ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ. އަދި އެކަން ދިފާއު ނުކުރައްވާނެ ކަމަށާއި ގޯސް ކަމެއް ވާނީ ގޯސް ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޣައްސާން އިތުރަށް ވިދާޅުވީ މިއަދަށް ވުރެ މާދަމާ ވަރުގަދަވާނެ ކަމަށާއި ސަރުކާރަށް އިދިކޮޅުގެ ކައިރިން ސަލާމަތް ނުވެވޭނެ ކަމަށެވެ.