ads
ދިވެހި ރުފިޔާތަކެއް: ފައިސާ ޗާޕް ކުރުމަކީ ނުރައްކާކަމެއް--
ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ އަތުލާ މައްސަލަތައް އިތުރުވަނީ
އޮޅުވާލައިގެން މަކަރާއި ހީލަތުން ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ އަތުލާ މައްސަލަތައް އިތުރުވަމުންދާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނެފައި ވަނީ ޔޫއެސް ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ އަދަދަކުން މީހުން އަތުން ފައިސާ ނެގުމަށް ފަހު އެ ފައިސާތަކަށް ހިޔާނަތްތެރިވާ މައްސަލަތައް ފަހަކަށް އައިސް ހުށަހެޅޭ މިންވަރު އިތުރުވެފައި ވާކަމަށެވެ.

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލަމުންދާ މިފަދަ މީހުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މި މަސައްކަތް ކުރަމުންދާ ކަމަށާއި ހާއްސަކޮށް ވައިބާ ކޮމިޔުނިޓީ ގްރޫޕްތައް މެދުވެރިކޮށް ޑޮލަރު ވިއްކާކަމަށް އިސްތިހާރުކޮށް ފައިސާ އަތުލަމުންދާކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މިފަދަ މައްސަލަތައް ފަހަކަށް އައިސް ރިޕޯޓް ކުރެވޭ މިންވަރު އިތުރުވެފައިވާތީ ފުލުހުން ވަނީ އޮތޮރައިސްޑް މަނީ ޗޭންޖާސް މެދުވެރިކޮށް ނޫނީ މިކަހަލަ މުއާމަލާތުތައް ނުހިންގުމަށް އިލްތިމާސްކޮށްފަ އެވެ.

މީހުންނަށް އޮޅުވާލައިގެން ފައިސާ ނެގުމުގެ މައްސަލަތަކާއި އެ ފައިސާއަށް ހިޔާނާތްތެރިވާ މައްސަލަތަކަކީ ފަހަކަށް އައިސް ވަރަށް ގިނައިން ދިމާވާ މައްސަލަތަކެވެ. މިގޮތުން ކޭޝްކާޑުގެ މައުލޫމާތު ހިއްސާކުރުމަށް ބީއެމްއެލްގެ ފަރާތުން ކަމަށް ބުނެ މީހުންނަށް ގުޅާ އެ މައުލޫމާތު ހޯދުމުގެ މައްސަލަތަކާއި، މަކަރާއި ހީލަތުން އޮޅުވާލާގެން އެކި ގޮތްގޮތަށް ފައިސާ ހޯދުމުގެ މުއާމާލާތްތަކުގެ ފުލުހުންނަށް ފަހަކަށް އައިސް ހުށަހެޅޭ މިންވަރު އިތުރުވެފައިވާކަން އެއިދާރާއން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް