ގއ. ގެމަނަފުއްޓާއި ގދ. ރަތަފަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ޑިޒައިން އަދި އީއައިއޭ ހެދުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

Advertisement
ގއ. ގެމަނަފުއްޓާއި ގދ. ރަތަފަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ޑިޒައިން އަދި އީއައިއޭ ހެދުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑަށެވެ.
އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ އެވެ. އަދި ޖޭވީ ވޯޓާ ސޮލިއުޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން އިންޖިނިއަރު އަބްދުﷲ ނައުޝާދެވެ.
އެ މަސައްކަތް 18 ހަފުތާ ތެރޭގައި ނިންމަން ޝަރުތުކޮށްފައިވާއިރު އެމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 507،104 ރުފިޔާ އަށް ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.