މަޝްހޫރު ރިއަލިޓީ ޝޯ، ބިގް ބޮސް، 13 ގައި ރަޝަމީ ދެސާއީ އާއި އޭނާގެ ލޯބިވެރިޔާ ކަމަށް އަޑު ފެތުރިފައިވާ އަރްހާން ހާނު ވެސް އެކުގައި ފެނިގެން ދާއިރު މީގެ ދުވަސްތަކެއް ކުރިން ޝޯގެ ހޯސްޓް ސަލްމާން މިވަނީ ބޮޑު ސިއްރެއް ފަޅާއަރުވާލަފަ އެވެ.

Advertisement
މަޝްހޫރު ރިއަލިޓީ ޝޯ ބިގް ބޮސް، 13 ގައި ރަޝަމީ ދެސާއީ އާއި އޭނާގެ ލޯބިވެރިޔާ ކަމަށް އަޑު ފެތުރިފައިވާ އަރްހާން ހާނު ވެސް އެކުގައި ފެނިގެން ދާއިރު މީގެ ދުވަސްތަކެއް ކުރިން ޝޯގެ ހޯސްޓް ސަލްމާން މިވަނީ ބޮޑު ސިއްރެއް ފަޅާއަރުވާލަފަ އެވެ.
އެއީ އަރްހާނު މީގެ ކުރިން ކައިވެންޏެއްކޮށް ދަރިއަކު ވެސް ހުންނަ ކަމެވެ. އެކަން ރަޝަމީއަށް އެނގިގެން ދިޔައީ ސަލްމާން ބުނުމުންނެވެ.
ދުނިޔެއަށް އެކަން އަރްހާން ސިއްްރުކޮށްގެން އުޅުން ކަންތައްތައް ސަލްމާން ފަޅާއަރުވާލުމާއެކު ރަޝަމީއަށް ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ. އެކަން ކަލާސް ޓީވީން އާންމުކުރި ވީޑިއޯއިން ފެނެ އެވެ.
ރަޝަމީއާ ގާތް ފަރާތަކާއި ހަވާލާދީ ނޫސްތަކުން ބުނާ ގޮތުން ރަޝަމީ ވަނީ އަރްހާނަށް ވަރަށް އިތުބާރުކޮށްފަ އެވެ. އެގޮތުން އޭނާގެ ބޭންކް އެކައުންޓް ބޭނުންކުރުމުގެ ހުއްދަ އާއި ގޭގައި އުޅުމުގެ ފުރުސަތުގެ އިތުރުން ގިނަ ކަންތައްތަކެއް އަރްހާނަށްޓަކައި ކޮށްދިން ކަމަށްވެ އެެެވެ. އެހެންނަމަވެސް ބަދަލުގައި އޭނާ ދިނީ ދޯކާ ކަމަށް ވެސް ބުންޏެވެ.
ރަޝަމީގެ އެކުވެރިޔާ ކަމަށް ބުނާ މީހާ ވަނީ ރަޝަމީގެ ގާތު ކައިވެންޏަށް އެދުމަށް އަރްހާން ޖެެއްސީ ފޭކުކަން މި ހުރިހާ ކަމެއް ސިއްރުކުރުމުން އެނގޭ ކަމަށެވެ. އެހެންކަމުން ޝޯއަށް ދިއުމުގެ ކުރިން ވެސް ސަލްމާންއަށް ރަޝަމީ އެނގޭތީއާ އެކު މިކަމުން ސަލްމާން އޭނާ ސަލާމަތް ކުރަން ޖެހޭނެ ކަމަށެވެ.
ރަޝަމީ ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. އޭނާ ކައިވެނިކޮށްފައިވަނީ ޓީވީ އެކްޓަރު ނަންދީޝް ސަންދޫއާ 2012 ވަނަ އަހަރު އެވެ. މި ދެ މީހުންގެ ކައިވެނި ރޫޅިފައިވަނީ 2016 ވަނަ އަހަރު އެވެ.
އޭގެ ފަހުން ރަޝަމީ އާއި އަރްހާނުގެ ގުޅުމާއި ގުޅިގެން ވަރަށް ބޮޑަށް އަޑުތައް އަރާފައި ވާއިރު އެމީހުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އެއީ ގާތް ރަހުމަތްތެރިކަން ކަމަށް ވެސް ބުނެފައިވެ އެވެ. ކުރިން ދެ ތަރިން އެކުގައި ބިގް ބޮސް އިން ފެނިގެންދާ ވާހަކަތައް ފެތުރުމުން ވެސް އެކަން އެމީހުން ދޮގު ކުރި އެވެ.
ރަޝަމީ ފެނިގެން ދިޔަ ބައެއް ޓީވީ ޝޯތަކުގެ ތެރޭގައި "ދިލް ސޭ ދިލް ތަކް" އާއި "އުއްތަރަން" އާއި "މަހާސަންގަމް" އަދި "ބޭލަން ވާލީ ބަހޫ" ހިމެނެ އެވެ.
ރަޝަމީއަކީ މި އަހަރު ބިގް ބޮސްއަށް ނެގި އެންމެ އަގު ބޮޑު ތަރި ވެސް މެއެވެ. އެގޮތުން އެ ޝޯގައި މަސައްކަތް ކުރުމަށް އޭނާއަށް 1.2 ކްރޯޑް ރުޕީސް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޝޯއަށް ދިއުމުގެ ކުރިން ވެސް ރަޝަމީ ވަނީ ގިނަ އަދަދެއްގެ ޝޯތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭނާއަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެކްޓަރެކެވެ.