ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަދު ހަވީރު 05:05 ހާއިރު އުމުރުން 79 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާކަމަށެވެ. އަދި އެއީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ހުރިމީހެއްކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
މިއީ ރާއްޖެއިން ކޮވީޑް19ގައި މަރުވި 14 ވަނަ މީހާއެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޖުމުލަ 2762 ފަރާތެއް ޕޮޒިޓިވްވެފައިވެ އެވެ. އަދި އޭގެތެރެއިން 2290 ފަރާތެއް ރަނގަޅުވެފައިވާކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތު ދީފައިވެއެވެ.