ads
ނައިބް ރައީސް ފައިސަލް ނަސީމް ސްކިލްސް ފޯރ އަ ރިސިލިއަންޓް ވަރކް ފޯސް
ޒުވާނުން ވަޒީފާގެ މާހައުލަށް ނުކުތުމަކީ މުހިންމު ކަމެއް: ނައިބު ރައީސް
ދިވެހި ޒުވާނުން ވަޒީފާގެ މާހައުލަށް ނުކުތުމަކީ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް އިން ގުޅިގެން ހިންގާ "ސްކިލްސް ފޯ އަ ރިސިލިއަންޓް ވާކް ފޯސް" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ދިވެހި ޒުވާނުންނަކީ، އެކަކު އަނެކަކަށް އިހްތިރާމު ކުރާ، ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާއި ކުރިމަތިލައި، ލިބިފައިވާ އިލްމާއި ހުނަރު އަނެކާއާއި ހިއްސާކޮށް، އަދި ކުރިމަގާއި މެދު ވިސްނާ ބަޔަކަށްވުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ.

ދިވެހި ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ކުރިއަށްދިއުމުގައި ފުރުސަތުތައް ފަހިކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި، ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދާއި ވަޒީފާގެ ބާޒާރަށް ބޮޑު ހީނަރުމެއް އައިސްފައިވާ އިރު ދުޅަހެޔޮ އިގްތިސާދަކާއި އަރައި ހަމަކުރުމަށް މިހާރުން ފެށިގެން ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން ބިނާކޮށް ތަމްރީނުކުރުންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ވަޒީފާގެ މައިދާނަށް ޒުވާނުން ނުކުތުމަކީ، އިޖްތިމާއީ ވަރަށް ގިނަ މައްސަލަތަކެއް ހައްލުކުރުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅުކަމަށެވެ. އަދި ޒިންމާދާރުކަމާއެކު މަސައްކަތުގައި ވަގުތު ހޭދަކުރާ ޒުވާނުންނަށް ފޫހިކަމާއި އެކަނިވެރިކަމުގެ އިޙްސާސްތަކާއި، ކުށްކުރުމުގެ އާދަތަކާއި ދުރުވެލިވާން ފަސޭހަވާނެކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

ހަޔަ އެޑިއުކޭޝަން އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ހިންގާ "ސްކިލްސް ފޯ އަ ރިސިލިއަންޓް ވޯކް ފޯސް" ޕްރޮގްރާމުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ، އެ މީހުން ޝައުގުވެރިވާ ދާއިރާއަކުން ތައުލީމާއި ތަމްރީނު ލިބި، ވަޒީފާގެ މައިދާނަށް ނުކުތުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް