ads
ސްޓާ ޕްލަސް ޑްރާމާ--
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޑްރާމާތައް ފެށުމުން ޖޯކު ޖަހަނީ!
އިންޑިއާގައި ވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެން ފެށުމާއެކު ފިލްމީ ދާއިރާ މުޅިން ހުއްޓުމަކަށް އައެވެ. އެއާއެކު ކޮންމެ ދުވަހަކު ނަގަމުން އައީ ޓީވީ ޝޯތައް ހުއްޓި، ދައްކަން ފެށީ ކުރީގެ ބައިތަކެވެ. ލޮކްޑައުންގައި ގޭގައި ބަންދުވެފައި ތިބެން ޖެހުމުން، ޓީވީ ބަލާ މިންވަރު އިތުރަސް، އަބަދު އެއް ބައިތަކެއް ދައްކަމުންދާތީ ކަންބޮޑުވުންތައް ހުއްޓެވެ. އެކަމަކު މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ޓީވީ ޑްރާމާތަކުގެ ޝޫޓިންތައް ފަށާއި އާ ޝޯ އެޕިސޯޑުތައް މިވަނީ ދައްކަން ފަށާފަ އެވެ.

ކޮވިޑްގެ މި ބިރުވެރިކަމުގައި އަލުން ޝޯތައް ދައްކަން ފެށިއިރު ފެނިގެންދިޔައީ ރައްކާތެރިވުމުގެ ގޮތުން ފޭސް މާސްކް އާއި އަންގި އަދި ފޭސް ޝީލްޑް ވެސް ބޭނުންކުރަން ފެށި މަންޒަރެވެ. އެއާއެކު އެކަމަށް މީހުން މިވަނީ ޖޯކު ވެސް ޖަހަން ފަށާފަ އެވެ.

ސޯޝަލް މީޑިއާގައި މިހާރު ވައިރަލް ވެގެން އުޅެނީ ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ ޑްރާމާގައި ކާތިކް އަދި ނައިރާ ފެނިގެންދާ ސީން އެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމީހުން ފެނިގެންދާއިރު މިހާލަތުގައި ވެސް ޝޫޓިންއަށް ނިކުތުމުން ދަނީ ފާޑުވެސް ކިޔަމުންނެވެ. 

އެކަމާއި ގުޅިގެން ނައިރާގެ ރޯލުން ފެނިގެންދާ ޝިވާންގީ ޖޯޝީ މިވަނީ އެކަމަށް ރައްދުދީފަ އެވެ. ނައިރާ ބުނީ މިވަގުތު އެކަން ކުރަން އޮތް ގޮތަކީ އެއީ ކަމަށެވެ. ސަބަބަކީ މިހާތަނަށް ވެކްސިނެއް ހޯދިފައި ނުވާ އެ ބައްޔާއި ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް ވެސް ބުންޏެވެ. 

އޭގެ އިތުރުން ނައިރާ ވަނީ މިހާލަތުގައި މާސްކް ނާޅާއި މަސައްކަތަށް ނިކުތްނަމަވެސް ފާޑުކިޔާނެ ކަމަށެވެ. 

އަލުން ސްޓާ ޕްލަސް ޑްރާމާތަކުގެ ޝޫޓިންތައް ފެށިއިރު ދިވެހިންގެ މެދުގައި ވެސް މަގްބޫލު، ކަސޯޓީގެ ޑްރާމާގެ ޝޫޓިންތައް ފެށި ދުވަހު ވަނީ އޭގައި އަނުރާގުގެ ރޯލުން ފެނިގެންދާ ޕާތު ސަމްތާނަށް ކޮވިޑް ޖެހިގެން ޝޫޓިންތައް ހުއްޓާލާފަ އެވެ. 

އިންޑިއާ މިހާރު އޮތީ ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ގައުމުގެ ގޮތުގަ އެވެ. ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ބެލެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް