ads
ފޮޓޯ: އެމްޓީސީސީ
މާބައިދޫ އާ ނެރުގެ ބޮޑުބައެއް ނިންމާލެވިއްޖެ: އެމްޓީސީސީ
ލ. މާބައިދޫގެ އާ ނެރު ހެދުމުގެ މަސައްކަތުގެ 79 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ ތެރެއިން ކުރީގައި ކަނޑާފައި އިން ނެރު ބަންދު ކުރުމުގެ މަސައްކަތާއި އާ ނެރެއް ކެނޑުމުގެ މަސައްކަތް ނިމިފައި ވާކަމަށެވެ. އަދި ބްރޭކްވޯޓަ ހެދުމުގެ މަސައްކަތުގެ 63 ޕަސެންޓް ނިންމައި ވާއިރު އެއްގަމު ތޮށިން ބޭރު ތޮއްޓަށް އަރާ ފާލަމުގެ ސްލެބް އެޅުމުގެ ތައްޔާރީ މަސައްކަތް ފެށިފައިވާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން 17،503.96 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަރ ލުމާއި، 19 މީޓަރުގެ ސަރަހައްދެއްގައި ސަބް މަރޖް ބްރޭކްވޯޓަރ ލުމުގެ އިތުރުން 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ފާލަން އެޅުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީއިން އިތުރަށް ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 16.4 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. ދޭއް ނޮވެމްބަރު 2019 ގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވާއިރު ނިމޭނެ ކަމަށް ލަފާ ކުރެވެނީ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ކަމަށް ކުންފުނިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް