11391
CONFIRMED

DEATHS
10428
RECOVERED
🌏42,148,875
INFECTED
🌏28,484,306
RECOVERED
🌏1,143,495
DEATH
🌏68%
RECOVERY RATE
ޖާންވީ އާއި ސާރާ--
ޖާންވީ ފެނުމުން ޕަޕަރާޒީން ހީކުރީ ސާރާ ކަމަށް!
Share
ސާރާ އަލީ ހާން އާއި ޖާންވީ ކަޕޫރު ބޮލީވުޑަށް ތައާރަފުވެފައި ވަނީ 2018 ވަނަ އަހަރު އެވެ. ޖާންވީ މިހާތަނަށް އެންމެ ފިލްމަކުން ފެނިގެންދިޔަ ނަމަވެސް ސާރާ ވަނީ ތިން ފިލްމަކުން ފެނިގެންގޮސްފަ އެވެ.
Advertisement

އޭގެ ފަހުން، ސާރާ އާއި ޖާންވީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން އުފެދިގެން ދިޔައިރު މި ދެ ތަރިންގެ ތެރެއިން ސާރާ ޖާންވީއަށް ވުރެ މޮޅު ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެކަމަކު އެ ދެތަރިން އެކަންކަމަށް މާބޮޑަށް ސަމާލުކަމެއްދޭ މަންޒަރު ފެނިގެނެއް ނުދެ އެވެ. 

ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ ވީޑިއޯ އިން ފެނިގެންދަނީ ޖާންވީ ވޭނަކުން ފައިބައިގެން އަންނައިރު އެ ސަރަހައްދުގައި ތިބި ޕަޕަރާޒީއަކު އޭނާއަށް ސާރާއޭ ކިޔާ ގޮވާ މަންޒަރެވެ. އެއާއެކު ކުޑަ ގޮތެއް ވިޔަސް ޖާންވީ ވަރަށް ހަމަޖެހިލާފައި އެމީހުންނާއި ވާހަކަ ދައްކާފަ އެވެ. 

ކަރަން ޖޯހަރުގެ ދަޅަކް އިން ބޮލީވުޑަށް ތައާރަފުވި ޖާންވީގެ ކުރިއަށް އޮތް ފިލްމަކީ "ކާގިލް ގާލް" އެވެ. އެ ފިލްމު ނެރޭނީ ނެޓްފްލިކްސް އިންނެވެ. 

މިވަގުތު ޖާންވީ ހުރީ އޭނާގެ ގޭގައި ބައްޕަ ބޮނީ ކަޕޫރާއި ކޮއްކޮ ހުށީއާއެެކު ކަރަންޓީން ވެގެންނެވެ. އެގޭގައި މަސައްކަތް ކުރާ މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް