ads
ގަން އިންޓަނޭޝަންލް އެއާޕޯޓް
އިތުރު 135 ބިދޭސީން ފޮނުވާލައިފި
ރާއްޖޭގައި ތިބި އިތުރު 135 ބިދޭސީއެއް އެމީހުންގެ ގައުމަށް މިއަދު ފޮނުވާލައިފި އެވެ.

މޯލްޑީވިއަންގެ ފްލައިޓްގައި އައްޑޫ ސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ފުރި 135 ބިދޭސީން ނަކީ އައްޑޫގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންނެވެ. 

އިއްޔެވެސް ވަނީ ރާއްޖޭގައި އުޅެމުން އައި ބަންގްލަދޭޝްގެ 152 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

މޯލްޑިވިއަން އިން ބުނީ މޯލްޑިވިއަންގެ ފްލައިޓެއްގައި 135 ބަންގްލަދޭޝް މީހަކު މިއަދު ފުރާފައިވާ ކަމަށެވެ. އެ ފްލައިޓް ހަމަޖެހިފައިވަނީ ބަންގަލަދޭޝްގެ ވެރިރަށް ޑާކާއަށް ކަމަށްވެސް މޯލްޑިވިއަން އިން ބުނެއެވެ. 

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ފޮނުވާލުމުގެ މަސައްކަތަކީ ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތް ބަންގްލަދޭޝް މީހުންނާއި އެނބުރި ގައުމަށް ދާން ބޭނުން މީހުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން ކުރާ ކަމެކެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި 5،000 އެއްހާ ބަންގަލަދޭޝް މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާރު 3،000 އަށް ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ވަނީ ފޮނުވާލާފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަރަށް ފަހުން ވިދާޅުވިގޮތުގައި މިއަހަރުތެރޭގައި 20000 ބިދޭސީން ރާއްޖެއިން ފޮނުވާލެވޭނެ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް