ads
އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް---
އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށް
އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.

ދުނިޔޭގެ ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ހިމެނޭ، ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ވެބްސައިޓުން ދައްކާ ގޮތުގައި، އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1,003,832 އަށް އަރާފަ އެވެ. 

ދުނިޔެއިން އެންމެ ބޮޑަށް ބޮޑަށް ބަލި ފެތުރޭ ތިން ވަނަ ގައުމުގެ ގޮތުގައި ކުރިން ރަޝިއާ އޮތް ނަމަވެސް ފާއިތުވި ހަފުތާތަކުގެ ތެރޭގައި އިންޑިއާގައި ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ، އެގައުމުން މިހާ އޮތީ ދުނިޔެއިން ތިން ވަނައަށް އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައިވާ ގައުމުގެ ގޮތުގަ އެވެ. އަދި އެގައުމަކީ މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ ތިން ވަނަ ގައުމު ވެސް މެ އެވެ. 

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، އެގައުމުގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު އިތުރުވެފައި ވަނީ ކަރްނަޓާކާ އާއި އަންދްރަ ޕްރަދޭޝް އަދި ބިހާރާއި ވެސްޓް ބެންގަލް ފަދަ ސަރަހައްދުތަކުގަ އެވެ. ބަލި ފެތުރޭ މިންވަރު އިތުރުވެ. ބައެއް ސަރަހައްދުތަކުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު ވެސް ވަރުގަދަކޮށްފަ އެވެ. 

އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 25,602 މީހަކު މަރުވެފައިވާއިރު އެއީ ދުނިޔެއިން އަށް ވަނަ އަށް އެބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ގައުމެވެ. 

އިންޑިއާ ފިޔަވައި، ދެން އެ ބަލި އެންމެ ބޮޑަށް ފެތުރިފައި ވަނީ އެމެރިކާ އާއި ބްރެޒިލްގަ އެވެ. އެގޮތުން އެމެރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު، 3.5 މިލިއަނުގައި އުޅޭއިރު ބްރެޒިލްގައި ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ ދެ މިލިއަނުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް