ބްރޮޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
09 ޑިސެމްބަރ 2019 - 13:26:15
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޮޑްކޮމް)ގެ މެންބަރުކަމުގެ މަގާމް ހުސްވެފައިވާތީ، އެމަޤާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް)ގެ މެންބަރުކަމުގެ މަގާމް ހުސްވެފައި ވާތީ، އެ މަޤާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު 16 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.
ބްރޮޑްކޮމަށް ނުހަނު ފަހުން ވަނީ ތިން ފަރާތެއް އައްޔަނު ކޮށްފަ އެވެ. އެއީ، ގދ. ތިނަދޫ ސަނީޑޭލް، އަހްމަދު ގައިސް އާއި، ޅ. ހިންނަވަރު، ބާރަނަ، އަލީ ޔޫސުފް އާއި، ގ. ހިލްމަން މަރިޔަމް ވަހީދާ އެވެ.
އެ ތިން ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފައި ވަނީ ޑިސެމްބަރު ތިންވަނަ ދުވަހު އެވެ. އެގޮތުން އަލީ ޔޫސުފް ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް 66 މެމްބަރުން ވޯޓު ދެއްވާފައި ވެއެވެ. އަދި މަރީ ބްރޮޑްކޮމްގެ މެމްބަރު ކަމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 68 މެމްބަރުން ވޯޓު ދެއްވި އިރު، އަހްމަދު ގައިސް އަށް 64 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް