ބޭންކުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގެ މާލީ ކުރިމަގާ މެދު ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފަ އެވެ. އެ ބޭންކުން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓުގައިވާ ގޮތުން، 2026 ވަނަ އަހަރު ދުނިޔޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި 2.9 ޕަސެންޓު މިހާރު ވަނީ 2.5 ޕަސެންޓަށް ތިރިކޮށްފަ އެވެ. މީގެ މައިގަނޑު ސަބަބަކީ ބާޒާރުގައި ހަކަތައާއި މުދަލުގެ އަގު އުފުލި، ލޯނު ނެގުމުގެ ހަރަދުތައް ބޮޑުވުމެވެ.
މި ރިޕޯޓުގައި ލަފާކޮށްފައިވާ ގޮންޖެހުންތަކަށް ބަލާއިރު، މިއަހަރު ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއަކަށް ޖެހޭ އަގު އެވްރެޖްކޮށް 94 ޑޮލަރަށް އަރާނެ އެވެ. މިއީ މިދިޔަ އަހަރުގެ އެވްރެޖް އަގަށް ވުރެ 36 ޕަސެންޓް އިތުރު މިންވަރެކެވެ.
ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގައި މުދަލާއި ހިދުމަތްތަކުގެ އަގުތައް 4 އިންސައްތައިން އުފުލޭނެ ކަމަށް ވޯލްޑް ބޭންކްއިން ވަނީ ލަފާކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ އިންފްލޭޝަން ނިސްބަތް ކަމަށްވާ 3.3 ޕަސެންޓަށް ވުރެ އިތުރު ނިސްބަތެކެވެ.
ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް އަޖޭ ބަންގާ ވިދާޅުވި ގޮތުގައި، މި ދަނޑިވަޅަކީ ގައުމުތަކުގެ ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރަމުން، ވަޒީފާތަކާއި ކުރިއެރުމަށް ދުރުރާސްތާގެ ވިސްނުންތަކެއް ބޭނުންވާނެ ވަގުތެކެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އިގުތިސާދީ ހާލަތު ގޯސްވާ ގައުމުތަކަށް އެހީވުމަށް ވޯލްޑް ބޭންކްއިން 60 ބިލިޔަން އެމެރިކާ ޑޮލަރު ކަނޑައަޅާފައިވާ ކަމަށާއި، އަލިމަގެއް ނުފެނި ހާލަތު އިތުރަށް ގޯސްވާ ނަމަ އެ އަދަދު 100 ބިލިޔަން އެމެރިކާ ޑޮލަރަށް އިތުރުކުރާނެ ކަމަށް ވެސް އެ ބޭންކްއިން ބުނެފައި ވެއެވެ.
އިގުތިސާދީ މާހިރުން އިގުތިސާދެއް މަޑުޖެހިއްޖެ ކަމަށް ނިންމަނީ އެ ގައުމެއްގެ އިގުތިސާދު ޖެހިޖެހިގެން ދެ ކުއާޓާއަށް ނުވަތަ ހަ މަސް ދުވަހަށް ދަށަށް ގޮސްފިނަމަ އެވެ. މެދުއިރުމަތީގެ ހަމަނުޖެހު ތަކުގެ ސަބަބުން ޔޫރަޕްގެ ގިނަ ގައުމުތައް ވެސް މިހާރު އޮތީ މިހާލަތުގައި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;