ads
ބްރިޓިޝް އެއާވޭޒްގެ ފްލައިޓެއް-- ފޮޓޯ: ޔާހޫ ނިއުސް
ބްރިޓިޝް އެއާވޭޒްގެ ޖަމްބޯ ޖެޓްތައް ބޭނުން ކުރުން ހުއްޓާލައިިފި
ބްރިޓިޝް އެއާވޭސް އިން އެ ކުންފުނީގެ ޖަމްބޯ ޖެޓް ފްލައިޓްތައް ބޭނުން ކުރުން ހުއްޓާލައިފި އެވެ.

އެ ކުންފުނިން ބުނާގޮތުގައި ބޮއިން 747 ގެ ފްލައިޓް (ޖަމްބޯ ޖެޓް) ތައް ބޭނުން ކުރުން ހުއްޓާލަން ކުރިން ނިންމާފަތް އޮތް ތާރީހަށްވުރެ ކުރިން އެ ފްލައިޓްތައް ބޭނުންކުރުން ހުއްޓާލާން ނިންމީ ކޮވިޑް-19 ބަލިމަޑުކަމާއި އެކު ދަތުރުތަކުގެ ޑިމާންޑަށް އައި ހީނަރުކަމުގެ ސަބަބުން ނެވެ. 

ބްރިޓިޝް އެއާވޭސް އިން ޖަމްބޯ ޖެޓްތައް ބޭނުން ކުރުން ހުއްޓާލަން ކުރިން ނިންމާފައި އޮތީ 2024 ވަނަ އަހަރު އެވެ. އެހެން ނަމަވެސް މިހާރުގެ ހާލަތުގެ ސަބަބުން ކުންފުނީގެ ހަރަދު ކުޑަ ކުރުމަށާއި ދަތުރުތަކުގެ ޑިމާންޑަށް ބަލައި އެ ފްލައިޓްތައް އޮޕަރޭޓް ކުރެވެން ނެތް ކަމަށް އެ ކުންފުނިން ބުނެ އެވެ. 

ބްރިޓިޝް އެއާވޭސްގެ ބޮއިން 747 ގެ 31 ފްލައިޓް އޮންނަ އިރު، މިއީ އެންމެ ގިނަ އަދަދަކަށް ބޮއިން 747 ގެ ފްލައިޓްތައް ގެންގުޅުނު ކުންފުންޏެވެ. އަދި މި ފްލައިޓް ތަކަކީ ބްރިޓިޝް އެއާވޭސް ފްލައިޓްތަކުގެ 10 އިންސައްތަ ފްލައިޓްތަކެވެ. 

ބްރިޓިޝް އެއާވޭސްގެ އެންމެ ފުރަތަމަ ބޮއިން 747 ގެ ފްލައިޓް އޮޕަރޭޓް ކޮށްފައި ވަނީ 1971 ގައި އެވެ. އަދި 50 އަހަރުގެ ތެރޭގައި އެކުންފުނިން ވަނީ އެ ފްލައިޓްތަކުގައި 3.5 ބިލިއަން ޕަސެންޖަރުން އުފުލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް