ads
ފޮޓޯ: އެމްޓީސީސީ
ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 43 އިންސައްތަ ނިމިއްޖެ
ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ 43 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ނެރު ފުންކުރުމުގެ 76 އިންސައްތަ މަސައްކަތް ނިންމައި، ހާބަރު ބޭސިން ހެދުމުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމެވެ.

ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން 25،000 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި 18،500 ކިއުބިކް މީޓަރުގެ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

އޭގެ އިތުރުން އެ މަޝްރޫއުގެ ތެރޭގައި 130 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަރު ލުމާއި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ.

އެމްޓީސީސީން އިތުރަށް ބުނީ 214 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމާއި ފާލަން އެޅުން އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްތައްވެސް ހިމެނޭ ކަމެވެ.

ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއަކީ 49.6 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް