ads
އުޝާމް އަދި ޝުޖާއު
ޝުޖާއުގެ މައްސަލަތައް ބެލުމުގައި ޖޭއެސްސީގެ އިންސާފުވެރިކަމެއް ނެތް: އުޝާމް
ރައީސް ޔާމީންގެ ކެމްޕެއިންގައި ޝުޖާއު އުޅުނުކަމުގެ ހެކި ހުރިކަމަށްވޭ
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނުގެ މައްސަލަތައް ބެލުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން އިންސާފުވެރިކަމާއި ހަމަހަމަކަން ނުގެންގުޅޭކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. އުޝާމް މިހެން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ގާޟީ އިސްމާއިލް ރަޝީދު ސަސްޕެންޑް ކުރުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފައިވާ ގާނޫނީ ވަކީލު އުޝާމް ވިދާޅުވީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލަ އަދި ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ޖޭއެސްސީއިން އިންސާފުވެރިކަމާ ހަމަހަމަކަން އެއްވެސް މިންވަރަކަށް ނުގެންގުޅޭކަން ވަރަށް ސާފު ކަމަށެވެ.

ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލަ އަދި ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ޖޭއެސްސީއިން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި އިންސާފުވެރިކަމާއި ހަމަހަމަކަން އެއްވެސް މިންވަރަކަށް ނުގެންގުޅޭކަން ވަރަށް ސާފު

އުޝާމް މިހެން ވިދާޅުވި އިރު، ރައީސް ޔާމީންގެ ކެމްޕެއިންގައި ޝުޖާއު އުސްމާނު އުޅުނުކަމުގެ ހެކި ޖޭއެސްސީގައި ހުރި ކަމަށް، މަޖިލީހުން މި މަހުގެ ކުރީކޮޅު އާއްމު ކުރި ރިޕޯޓަކުން ހާމަވިއެވެ. އެ ރިޕޯޓުގެ އަލީގައި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމި އިރު، ހަމަ އެ ރިޕޯޓުގައި ޝުޖާއު އުސްމާނާ ގުޅޭ ގޮތުން ފާހަގަކޮށްފައިވާ އެއްވެސް ކަމަކަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ޝުޖާއު އުސްމާނާ ގުޅޭ ސުލޫކީ އެތައް މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނަތާ އަހަރެއް ވެއްޖެއެވެ. ބައެއް ފަނޑިޔާރުންގެ މައްސަލަ ހުށަހެޅުމާއި އެކު ތަހުގީގު ފެށި، ވަގުތުން ސަސްޕެންޑް ކުރެއެވެ. އެހެންނަމަވެސް ޝުޖާއު އުސްމާނުގެ އެތައް މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނަ އިރުވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް