ads
ފައިލް ފޮޓޯ-- ޕޮލިސް
މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި
ދުވާފަރުންނާއި މަހިބަދޫ އިން މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.
ދުވާފަރުންނާއި މަހިބަދޫ އިން މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ ރަށުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ޖުމްލަ ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ދުވާފަރުން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއް ކަމަށާއި އެ ދެ މީހުން ހައްޔަރު ކުރީ މި މަހުގެ 7 ވަނަ ދުވަހުގެ 15:50 ހާއިރު ހިންގި އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަޙައްދުން ކަމަށް ފުލުހުން ބުނެއެވެ.

އަދި އެ އޮޕަރޭޝަނުގައި، އެރަށު ބަނދަރު ސަރަހައްދުން އެ ދެ މީހުންނަށް ފުލުހުން ފެނުމުން 25 އަހަރުގެ މީހާގެ އަތުގައިހުރި ތަކެތި މޫދަށް އުކައިލުމުން ފުލުހުން އެތަކެތި ނަގައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ހޮޅިކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާއިރު މަހިބަދޫއިން މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މާލެއިން ފުރައިގެން މަހިބަދުއަށް ދަތުރު ކުރަމުންދާ ބޯޓަކުން ދެ މީހަކު މަހިބަދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 15 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.

އަދި މި ދެ މައްސަލަ ވެސް ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް