ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށާއި ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށް ދެ މީހަކު ފުލުހުން ހޯދަންފަށައިފި އެވެ.

Advertisement
ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށާއި ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމަށް ދެ މީހަކު ފުލުހުން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ސިވިލް ކޯޓަށާއި ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި އަމުރުތަކާ ގުޅިގެން ހޯދަމުން ދަނީ ރ. މަޑުއްވަރި، ރިޔާޒު، އިސްމާޢީލް ރަޝީދު (36އ) އާއި ރ. އިނގުރައިދޫ، ބޮޑުކާށިގެ، މުޙައްމަދު ޙުސައިން (42އ) އެވެ.
އިސްމާޢިލް ރަޝީދު ހޯދަމުން ދަނީ ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ޑިސެމްބަރު 10 ވަނަ ދުވަހުގެ 10:00 އަށް މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.
އަދި މުޙައްމަދު ޙުސައިން ހޯދަމުން ދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ޑިސެމްބަރު 10 ވަނަ ދުވަހުގެ 11:10 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.